ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިކުރެއްގެ ދިރުމަކީ ޝިފާއެއް ނެތް ކެންސަރެއް: އިބްރާހިމް ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން އަކީ އެ ޕާޓީއަށް ޖެހިފައިވާ ނުރައްކާތެރި ކެންސަރެއް ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ހަވާލު ކުރެވިފައިވާނަަމަވެސް އެ ޕާޓީގެ ރައީސް، ރައީސް ނަޝީދު ހުންނެވީ އެމަނިކުފާނާއި އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މަސައްކަތް ނުކުރެއްވުމަށް ނިންމަވައިގެންނެވެ. އެމަނިކުފާނު އަދި ތާއީދުކުރައްވާ ފަރާތްތަކުން ދަނީ ޖުމްހޫރީ ޕާޓީ އާއިއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން އެ ޕާޓީގެ ލީޑަރޝިޕާއިއެކު މަޝްވަރާ ބައްދަލުވުންތައްވެސް ބާއްވަމުންނެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބޮޑެތި މައްސަލަތަކުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތުތައް ހަނިވަމުންދާއިރު، ޝަރީފްވަނީ ރައީސް ނަޝީދުގެ އަމަލުތަކާއިމެދު ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދު އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކަކީ އެމްޑީޕީއަށް ޖެހިފައިވާ ޝިފާއެއް ނެތް މަރުގެ ކެންސަރެއްކަމަށެވެ.

ޝަރީފް ވިދާޅުވީ، ޕާޓީއެއްގެ ފެކްޝަނަކުން އެ ޕާޓީއެއް ނައްތާލުމަށް މަސައްކަތްކުރުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި އެކަން ހިނގާ ގޮތެއް ނޫންކަމަށެވެ. އެހެންނަމަވެސް ފިކުރެއްގެ ދިރުން އިން މަސައްކަތް ކުރަމުންދަނީ އެމްޑީޕީ ހަލާކުގެ ތެރެއަށް ހުށައެޅުމަށްކަމަށާއި އެކަން ކުރަމުންދަނީ ރައީސް ނަޝީދު ޕްރައިމަރީ އިން ބަލިވެވަޑައިގަތުމުން އެކަމާއި ނުރުހުންވެވަޑައިގެން ބަދަލު ހިއްޕެވުމުގެ ގޮތުންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޕާޓީއަކުން އެހެން ޕާޓީއަކާއި ގުޅީގެން އަމިއްލަ ވެރިކަމާއި ދެކޮޅަށް މަސައްކަތްކުރަނީ ކޮން ގައުމެއްގައިތޯވެސް އޭނާ ސުވާލު ކުރެއްވިއެވެ. ޝަރީފް ވިދާޅުވީ، ރައީސް ނަޝީދުގެ ފެކްޝަނަކީ އެމްޑީޕީގެ ތެރޭގައި އޮވެގެން އެ ޕާޓީ ވުޖޫދުން ފޮހެލުމަށް މަސައްކަތްކުރާ ބައެއްކަމަށެވެ. އަދި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކަކީ ޕާޓީއަށް ޖެހިފައިވާ ކެންސަރެއްކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: