ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރަށް ވުރެ މިއަހަރު ސަރުކާރުގެ ދަތުރު ހަރަދު އިތުރު: ފިނޭންސް

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ފިނޭންސް މިނިސްޜް އަހުމަދު އަމީރު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރަށްވުރެ މިއަހަރުގެ ތެރޭގައި ސަރުކާރުގެ ދަތުރު ހަރަދުތައް އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން 2022 ވަނަ އަހަރުގެ މާޗު މަހުގެ 16 ވަނަ ދުވަހުގެ ނިޔަަލަށް ސަރުކާރުން ދަތުރު ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 28.4 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް މި އަހަރުގެ މާޗު 16 އާއި ހިސާބަށް ސަރުކާރުން ދަތުރު ކުރުމަށް ހޭދަކޮށްފައިވާ އަދަދުތައްވަނީ 46.5 އިންސައްތައިން އިތުރުވެފައެވެ. މި އަހަރުގެ މާޗު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހަރަދުކޮށްފަވަނީ 41.6 މިލިއަން ރުފިޔާއެވެ.

އިދާރީ މަސައްކަތްތައް ކުރުމަށް ބޭނުންވާ ސަޕްލައިއަށް ހަރަދުކޮށްފައިވާ އަދަދުތައްވެސް ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި 63.9 މިލިއަން މާޗު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހަރަދުކޮށްފައިވާއިރު، މި އަހަރުގެ އެ ހިސާބަށް ހަރަދުކޮށްފައިވަނީ 107.6 މިލިއަންއެވެ. އެއީ 2022 ވަނަ އަހަރުގެ ހަރަދު ކުރި އަދަަދަށް ވުރެ 68.4 އިންސައްތައިގެ އިތުރުވުމެކެވެ.

އާސަންދައަށާއި އެހެނިހެން ސަބްސިޑީތަކަށް ކޮށްފައިވާ ހަރަދުތައްވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން 2022 ވަނަ އަހަރުގެ މާޗު 16 ގެ ނިޔަލަށް 357.8 މިލިއަންގެ ހަރަދެއް ހިނގާފައިވާއިރު، މި އަހަރުގެ އެ ހިސާބަށް 526.9 މިލިއަން ހަރަދުކޮށްފައިވެއެވެ. އެހެނިހެން ސަބްސިޑީތަކަށް މި ދިޔަ އަހަރުގެ ތެރޭގައި 567.7 މިލިއަން ހަރަދުކޮށްފައިވާއިރު، މި އަހަރުގެ މިހާ ހިސާބަށް މިކަމަށް ކޮށްފައިވާ ހަރަދުތައް ވަނީ 73 އިންސައްތައިން އިތުރުވެގެން ގޮސްފައެވެ. މި އަހަރުގެ ތެރޭގައި ސަރުކާރުންވަނީ ސަބްސިޑީގެ ގޮތުގައި 982.5 މިލިއަން ހަރަދުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: