ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ޖީބަށް ބުރަ ބޮޑު ވަނީ ފައިސާ ޗާޕުކުރާތީ: ޝިޔާމް

ނައިފަރު ދާއިޜާގެ މެންބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ޖީބަށް ބުރަވަނީ މި ސަރުކާރުން ފައިސާ ޗާޕުކުރުމުންކަމަށް ޕީޕީއެމްގެ ނައިބު، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ،

މި ސަރުކާރުން ގެންދިޔައީ ކޮވިޑްގެ ބަލިމަޑުކަމާއިއެކުވެސް ވައުދުތައް ފުއްދަމުންކަމަށް ބައެއް ފަރާތްތަކުން ބުނާތީ އެ ވާހަކަތަކަށް ރައްދުދެއްވާ ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން މިހާރުވެސް އެހެން ގައުމުތަކުގެ އަތުން ފައިސާ ހޯދަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމުގެ ނަމުގައިކަމަށެވެ. އާންމުކޮށް ލިބޭ އާމްދަނީއަށްވުރެ ގިނައިން ކޮވިޑްގެ ތެރޭގައި އާމްދަނީ ލިބުނުކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ސުވާލުއުފެއްދެވީ އެ ފައިސާއިން ކުރެއްވީ ކޮންކަމެއްތޯއެވެ.

ޝީޔާމް ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެރިކަން ކުރައްވާ ގޮތަށް ކޮންމެ މީހަކަށްވެސް ވެރިކަން ކުރެވިދާނެކަމަށެވެ. މި ވެރިކަމުގެ ތެރޭގައި ޑޮލަރުގެ އަގުވެސް އިންތިހާއަށް އުފުލިގެން ހިގައްޖެކަން ޝިޔާމް ފާހަގަކުރެއްވިއެވެ. މި ސަރުކާރުގައި ފައިސާ ޗާޕުކުރާކަމަށް ތުހުމަތުކޮށް، ޝިޔާމް ވިދާޅުވީ ރައްޔިތުންގެ ޖީބަށް ބުރަ ބޮޑު ވަނީ އެހެންވެގެންކަމަށެވެ.

ކޮވިޑްގެ ތެރޭގައި އެންމެ ފުރަތަމަ ބޯޑަރުތައް ހުޅުވާލި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށާއި، ނަމަވެސް އެކަމުގެ ކްރެޑިޓް ރައީސް ސާލިހަށް ނުނެއްގެވޭނެކަމަށް ވިދާޅުވިއެވެ.

މީ ބޮޑު ޖޯކެއްނޫންތޯ؟ ތިމަންނަމެން ކޮވިޑް މެނޭޖުކުރި ގޮތް ފޯމިއުލާ ހޯދަން ދުނިޔޭގެ އެހެން ގައުމުތަކުން އުޅޭ ވާހަކަ އަމިއްލައަކަށް ނޫންތޯ އެ ވިދާޅުވަނީ. ވޯލްޑް ބޭންކުން އެބައޮތެއްނޫންތޯ ރަނގަޅެއްނޫނޭ ތި ކަންތައް ކުރާ ގޮތް. އައިއެމްއެފް އިން އެބަ އޮތެއްނޫންތޯ ރަނގަޅެއް ނޫނޭ ތި ކަންތައް ކުރައްވާ ގޮތް.

މީގެ އިތުރުން ޝިޔާމް ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމާއި ބެހޭ ގޮތުން ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ ޝަރުއީ ނިޒާމު އިސްލާހު ނުކޮށް ރާއްޖޭގެ އެއްވެސްކަމެއް ރަނގަޅުނުވާނެކަމަށާއި، ޝަރުއީ ނިޒާމު ރަނގަޅުކުރުމުގެ އެއްވެސް ކަހަލަ ވިސްނުމެއްވެސް ސަރުކާރުގެ ނެތްކަމަށެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެޓާނީ ޖެނެރެލަގައި ތިއްބަވާ ބޭފުޅުން، ބޭނުންފުޅުވާ މީހުން ކޯޓުތަކުގެ ފަނޑިޔާރުންނަށް އައްޔަނުކުރުމުން އެއީ ޝަރުއީ ދާއިރާ އިސްލާހުކުރެވުނީ ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލައަށް އިޝާރާތްކުރައްވާ ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފަށްލުމުން، ދަށު ކޯޓުން ރައީސް ޔާމީންއަށް ހުކުމް އިއްވި ފަނޑިޔާރަކީ އެންމެ ރަނގަޅަށް އެ މައްސަލަ އެނގޭނެ ފަރާތްކަމަށް މި ސަރުކާރުން ގަބޫލުކުރާކަމަށެވެ. އަނެއްކާ ހައި ކޯޓުންވެސް އެ މައްސަލަ ބެއްލެވުމަށް ހަމަ އިންނަވަނީ ދަށު ކޯޓުން ހުކުމް އިއްވި ފަނޑިޔާރުކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: