ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ހުއްޓުވަން މުއައްސަސާތަކުން ތެދުވަންޖެހޭ: ސައީދު

މެމްބަރު ސައީދު: ފޮޓޯ/ ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން ކެމްޕެއިން ކުރުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުންދާކަން ފާހަގަކުރައްވާ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ނުރުހުންފާޅުކުރައްވައިފިއެވެ.

ގުރައިދޫ ބައި އިލެކްޝަންގައި ވެރިކަން ކުރާ ޕާޓީގެ ކެމްޕެއިން ހަރަކާތްތަކަށް ސްޓެލްކޯގެ ދެ ލޯންޗެއް ހާއްސަކޮށްފައިވާކަމަށް ސައީދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ހިންގާ އަމަލުތައް މިހާރުވަނީ ދައުލަތުގެ މުއައްސަސާތަކުން ތެދުވެ ހުއްޓުވަންޖެހޭ ހާލަތުގައިކަމަށެވެ.

އޭނާ ވިދާޅުވީ، އެފަދަ ”ޖާހިލު“ އަދި ނުބައި އަމަލުތައް ހިންގަމުންދަނީ ސަރުކާރަށް ނިސްބަތްވާ މަދު ބައެއްކަމަށެވެ. އަދި އެ ފަރާތްތަކުން ދެކޭ ގޮތުގައި ސަރުކާރު ނުދެހެއްޓިއްޖެ ހާލަތެއްގައި އެ ފަރާތްތަކުގެ ދިރިއުޅުން ދެކޮޅު ޖެއްސުމުގައިވެސް ދަތިތައް ކުރިމަތިވެގެންދާނެކަމަށާއި އެއީ ކުށް ހީއެއްކަމަށްވެސް ސައީދު ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ވަސީލަތްތައް ކެމްޕެއިން ކުރުމުގައި ބޭނުންކުރަމުންދިއުމާއި އެކު، ސައީދު ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، މީގެ ކުރިންވެސް އިދިކޮޅު ޕީޕީއެމްއިންވަނީ އެކި ފުރުސަތުތަކުގައި ރައީސް ސާލިހުގެ ސަރުކާރުން އެފަދަ އަމަލުތައް ހިންގަމުންދާކަން ފާހަގަކޮށްފައެވެ. އިދިކޮޅު ޕީޕީއެމްގެ އިތުރުން އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންވެސް ވަނީ މި ތުހުމަތުތައް ކޮށްފައެވެ. އެގޮތުން އެ ޕާޓީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގައި ސަރުކާރު ފެކްޝަނުން ވޯޓު ލާ މީހުން ގެނައުމަށްޓަކައިވެސް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްފައިވާކަމަށް ބުނެފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: