ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވާއިދާއި ހިލާފަށް ހިދުމަތްދޭ ތަންތަނުގެ މައުލޫމާތު އާންމުކުރަނީ!

ފުޑް ކޯޓު.
ޝެއާރކޮށްލާ ކަހަލަދޯ؟

ގަވާއިދާއި ހިލާފަށް ހިދުމަތްދޭ ތަންތަނުގެ މައުލޫމާތު އާންމުކުރާނެކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

އެޗްޕީއޭ އިން ނެރުން ބަޔާނެއްގައި ބުނެފައިވަނީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދުގެ 4 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ފަދައިން ކާބޯތަކެތީގެ ހިދުމަތް ދޭންވާނީ އެ އޭޖެންސީން ނުވަތަ އޭޖެންސީއިން ކަނޑައަޅާ ފަރާތަކުން ހުއްދަހޯދުމަށްފަހުގައިކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން މި ގަވާއިދާއި ހިލާފަށް ކާބޯތަކެތީގެ ހިދުމަތް ދެމުންދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެހެންކަމުން ކެއިން ބުއިމުގެ ހިދުމަތްދޭ ހުރިހާ ފަރްތާތަކުންވެސް، މި ހިދުމަތް ދޭއިރު ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާއި އެއްގޮތަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެެވެ.

ގަވާއިދާއި ހިލާފަށް ހިދުމަތްދޭ ތަންތަނުގެ މައުލޫމާތު ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދުގެ 25 ވަނަ މާއްސާގެ ހ ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އާންމުކުރަމުން ގެންދާނެކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: