ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާންގެ ޓުވީޓާއިއެކު ގިނަ ބައެއްގެ ފާޑު ކިޔުން: “ރާމާމަކުނަކަށް ޖަންގަލީގެ ވެރިކަމެއް ނުކުރެވޭނެ”

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ.
ޝެއާރކޮށްލާ ކަހަލަދޯ؟

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓަކާއި ގުޅިގެން ގިނަ ބަޔަކު އޭނާއަށް ފާޑުކިޔައިފިއެވެ.

އިމްރާން އޭނާ ކުރެއްވި ޓުވީތެއްގައި ވިދާޅުވެފައިވަނީ “ސިންގާ” އަކީ އެއްގަމުގައި ކިތައްމެ ބާރުގަދަ ޖަނަވާރެއްކަމަކު ފައި ނުފޯރާ ފަށަށް މޫދަށް ލާއިރަށް، ކުޑަ ހިނދުކޮޅަކުން އާރެއް ބާރެއް ނެތި ބޮކި ޖަހާފައި އަޑިއަށް ގެނބިގެންދާނެކަމަށެވެ. ބެލެވޭ ގޮތުގައި އޭނާގެ މި ޓުވީޓު އަމާޒުކުރައްވާފައި މިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އިމްރާންއަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ، ރައީސް ނަޝީދަށް ތަފާތު އެކި ފުރުސަތުތަކުގައި ނުސީދާކޮށް ފާޑު ވިދާޅުވާ ބޭފުޅެކެވެ.

ސަރުކާރު ކޯލިޝަނުގައިވެސް ހިމެނޭ އިމްރާނުގެ މި ޓުވީޓާއިއެކު އޭނާއަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. އެގޮތުން މި ޓުވީޓަށް ކޮމެންޓް ނުކުރެވޭ ގޮތް ހަދާފައިވާތީ އެކަމަށްވެސް ގިނަ ބަޔަކު ފާޑު ކިޔާފައިވެއެވެ. އެއްބަޔަކު އިމްރާން ސިފަކޮށްފައިވަނީ ފިނޑިއެއްގެ ގޮތުގައެވެ.

“ސިންގާ” ގުޅުވައި އިމްރާން ދެއްކެވި މި ވާހަކައާއިއެކު ސިންގާއާއި ބެހޭ އާންމު މައުލޫމާތުވެސް އިމްރާންއަށް ނޭގޭކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. ހޯމް މިނިސްޓަރުކަމުގައި ހުންނެވި ބޭފުޅަކު މިފަދަ ވާހަކަތައް ދެއްކެވުމުން ލަދުގަންނަންޖެހެނީ ދިވެހި ރައްޔިތުންގެކަމަށްވެސް އެކަކު ބުނެފައިވެއެވެ.

އިމްރަންއަކީ “ބޮޑު މަސް ކައިރީ ތަތް ކޮށްލައިގެން އުޅޭ މަހެއް” ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވާއިރު، އަދާލަތު ޕާޓީ ބައެއްގެ ފަހަތަށް އަރާފިއްޔާ އެ ބަޔަކުވެސް ޗޮކުން ދާކަމަށް ފާހަގަކޮށް ހިޔާލުފާޅުކުރި މީހަކު ބުނެފައިވާ ގޮތުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ބައިބައިވުމުގެ ސަބަބަކީވެސް އިމްރާން ނުވަތަ އަދާލަތު ޕާޓީއެވެ.

އިމްރާންއަކީ ސިންގާއަކާއި ބެހޭ ކަންކަން އެގިލައްވާ ބޭފުޅެއްނޫންކަމަށް އެކަކު ބުނެފައިވާއިރު، ރަނގަޅަށް “ސިންގާ” ގެ ގާބިލިއްޔަތުކަން ދިރާސާނުކޮށް “ސިންގާ” އަކާ ކުރިމަތިލުމަކީ އެހާ ބުއްދިވެރިކަމެއް ނޫންކަމަށްވެސް މީހަކު ބުނެފައިވެއެވެ. ސިންގާއަކީވެސް މޫދުގައި ފަތާ ޖަނަވާރެއްކަމަށް ފާހަގަކޮށް، މީހަކު ބުނެފައިވަނީ އިމްރާންގެ އެފަދަ ގާބިލްކަމެއްވެސް ނެތްކަމަށެވެ. މި ދައުރު ނިމުމާއިއެކު އިމްރާންއާއިއެކު އަދާލަތު ޕާޓީވެސް ބާކީވާނެކަމަށް މީހަކު ބުނެފައިވެއެވެ.

ސިންގާ މަރުވީ ނަމަވެސް “ރާމާމަކުނަކަށް” ޖަންގަލީގެ ވެރިކަން ނުކުރެވޭނެކަމަށް ބުނެ މީހަކު އިމްރާން ސިފަކޮށްފައިވަނީ ކަމަށް ގާބިލް ނޫން ބޭފުޅެއްގެ ގޮތުގައެވެ.

އިމްރާން ކުރައްވާ އެކިއެކި ޓުވީތުތަކާއި ގުޅިގެން އޭނާއަށް މީހުން ކިޔަމުންދާ ފާޑުކިޔުން އިތުރުވަމުން ދިޔަ ނަމަވެސް، ޓުވީޓާގައި އިމްރާން ފެންނަނީ ވަރަށް ހަރަކާތްތެރިކޮށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އިމްރާންއަކީ މިނިސްޓަރަކަށްވުމުގެ ގާބިލްކަން ހުންނެވި ބޭފުޅެއް ނޫނެވެ. އަދި ސިޔާސީ ބޭނުމަށް ދީން ހަތިޔާރަކަށް ހައްދަވާކަމުގެ ފާޑުކިޔުންވެސް އިމްރާންއަށް އަމާޒުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: