ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2022 ނިމުނު އިރު ޑެޓް ޓު ޖީޑީޕީ ރޭޝިއޯއަކީ 111 އިންސައްތަ: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރު ނިމިގެންދިޔަ އިރު ރާއްޖޭގެ ޑެޓް ޓު ޖީޑީޕީ ރޭޝިއޯ ހުރީ 111 އިންސައްތަައިގައިކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

2021 ވަނަ އަހަރު ދިވެހިރާއްޖޭގެ ޑެޓް ޓު ޖީޑީޕީ ރޭޝިއޯ ހުރި މިންގަނޑު ދެނެގަތުމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދުކުރެއްވި ސުވާލަށް ޖަވާބުދެއްވައި މިނިސްޓަރު އަމީރު ވިދާޅުވީ، 2021 ވަނަ އަހަރު ދައުލަތުން ސީދާ ނަގާފައިވާ ދަރަންޏާއި ގެރެންޓީކޮށް ދީފައިވާ ދަރަނީގެ ޑެޓް ޓު ޖީޑީޕީ ރޭޝިއޯއަކީ 118 އިންސައްތަކަމަށެވެ. އަދި އެއީ ދައުލަތުން ސީދާ ނަގާފައިވާ ސަތޭކަ އިންސައްތަ އާއި ގެރެންޓީކޮށްދީފައިވާ އަށާރަ އިންސައްތައްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި 2022 ވަނަ އަހަރު އެ ރޭޝިއޯ ހުރީ ސަތޭކަ އެގާރަ އިންސައްތައިގައިކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. މިނިސްޓަރު ވީދާޅުވީ އެއީ ސީދާ ނަގާފައިވާ ނުވަދިހަ އަށް އިންސައްތަ އާއި ގެރެންޓީކޮށްދީފައިވާ ދަރަނީގެ ތޭރަ އިންސައްތަކަމަށެވެ.

މިނިސްޓަރުވަނީ ދަރަނީ ރީސްޓްރަކްޗާ ކުރުމާއި ގުޅޭގޮތުންވެސް ޖަވާބު ދެއްވާފައެވެ. އަމީރު ވިދާޅުވީ، އެކަން ކުރުމުން ރޭޓިންގް އެޖެންސީތަކުން ސަރުކާރުގެ ސެލެކްޓިވް ޑިފޯލްޓު ރޭޓިންގް ޑައުންގްރޭޑު ކުރާކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ނަތީޖާއެއްގެ ގޮތުން ރާއްޖެ އަދި ދިވެހި ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ހޯދުމުގައި ދަތިތައް ކުރިމަތިވެގެންދާކަމަށެވެ. އެހެންކަމުން ދައުލަތުގެ ދަރަނިތައް ހަމަ މަގަށް އެޅުވުމަށް ރަނގަޅު މަގަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމާއި އާމްދަނީ އިތުރުކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އެކުލަވާލާފައިވާ ދައުލަތުގެ 2023-2025 ގެ ފިސްކަލް ސްޓްރަޓަޖީ އެކުލަވާލާފައިވަނީ އިސްވެ ބަޔާންކުރެއްވި ކަންކަމުގެ މައްޗަށް ރިޔާތްކުރެއްވުމަށް ފަހުކަމަށެވެ.

އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަށް މިނިސްޓަރު އަމީރު ޖަވާބުދެއްވާފައިވާއިރު، އެ ޖަވާބު ލިބުމުގައި ލަސްތަކެއް ވެފައިވާކަމާއިމެދު އިބްރާހިމް ވަނީ ނުރުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ކުރެއްވި ސުވާލަށް ޖަވާބެއް ލިބިވަޑައިގަތީ 6 މަސް ދުވަހަށް ފަހުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: