ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޕަރެޓު ގަވަނެންސް ކޯޑާއި އެއްގޮތަށް އަމަލު ކުރަން އެންގި ކުންފުނިތަކުން އިރުޝާދަށް އަމަލު ކުރޭ: އަމީރު

ފިނޭންސް މިނިސްޓަރ އަމީރު ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޕަރެޓު ގަވަނެންސް ކޯޑާއި ހަވާލާދީ ވަކި ގޮތަކަށް އަމަލުކުރުމަށް އެންގިފައިވާ ކުންފުނިންތަކުން އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރަން ފަށާފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން މިދިޔަ ދުވަސްތަކުގެ ތެރޭގައި، އަމީރުއާއި ގިނަ ސުވާލުކޮށްފައި ވެއެވެ. މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ސުވާލު ކުރެއްވީ، ފިނޭންސް މިނިސްޓްރީ އަދި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ކުންފުނިތަކަށް ފޮނުވާފައިވާ ސާކިއުލާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހާއްސަ ކޮށް ތައްޔާރުކޮށްފައިވާ ކޯޕަރެޓު ގަވަނެންސް ކޯޑަށް އަމަލުކުރަމުން ނުދާ ކުންފުނިތަކަށް ފިޔަވަޅެއް އެޅިފައިވާ ކަމާއިމެދުއެވެ.

އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވައި އަމީރު ވިދާޅުވީ، ފިނޭންސްއިން ފޮނުވާ ސާކިއުލާތަކާއި އެސްއޯއީތަކަށް ހާއްސަކޮށްފައިވާ ކޯޕަރެޓު ގަވަނެންސް ކޯޑުގެ ދަށުން އަމަލުކުރަންޖެހޭކަންކަމާއި ގުޅޭގޮތުން މިނިސްޓްރީ އަދި ޕީސީބީ އިންވެސް ކުންފުނިތަކާއިއެކު އަބަދުވެސް ބައްދަލުވުންތައް ކުރިއަށް ގެންދާކަމަށެވެ. އަމީރު ވިދާޅުވީ މިއަރު އަލަށް ބޯޑަށް އައްޔަނު ކުރެވުނު ހަތް މެނޭޖިންގް ޑިރެކްޓަރުންނާއި ޗެއަރމަނަކަށްވެސް ވާނީ ކޯޑާއި އެއްގޮތަށް އަމަލު ކުރުމަށް އިރުޝާދުތައް ދީފައިކަމަށެވެ. އަދި ކުންފުނި ކުންފުނީގައި އެ ކޯޑާއި ގުޅޭ ފުރިހަމަ ނުވެ ހުރި ކަންކަން އެކަންކަން ފުރިހަމަ ކުރުމަށް ކީ ޕާފާމެންސް އިންޑިކޭޓާރސްގެ ގޮތުގައި ފާހަގަކޮށްފައިވާނެކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިރުޝާދާއި އެއްގޮތަށް ފުރިހަމަ ކުރެވިފައިވާ ކަންކަން މިހަރު އެކުލަވާލެވޭ 2022 ވަނަ އަހަރުގެ ކޯޕަރެޓު ގަވަނެންސް ރިވިއު ރިޕޯޓުގައި ހިމެނޭނެކަމަށެވެ. އަދި ފިޔަވަޅުތައް ކަނޑައެޅިގެންދާނީ ރިޕޯޓަށް ބެއްލެވުމަށްފަހުކަމަށްވެސް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ، ހާއްސަ އިރުޝާދުތަކެއް ދެއްވާފައިވާ ކުންފުނިތަކުގެ ތެރޭގައި ވެމްކޯ ފެނަކަ އަދި ޕީއެސްއެމް ހިމެނޭކަމަށެވެ. އަމީރު ވިދާޅުވީ، އެ ކުންފުނިތަކުންވަނީ ކޯޑާއި އެއްގޮތަށް އަމަލުކުރަން ފަށާފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: