ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ފިކުރެއްގެ ދިރުން“ މެންބަރުންނަކީ ރައްޔިތުންގެ ދުޝްމިނުން: މަވޯޓާ

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް).
ޝެއާރކޮށްލާ ކަހަލަދޯ؟

“ފިކުރެއްގެ ދިރުން” އަށް ނިސްބަތްވާ މެންބަރުންނަކީ ރައްޔިތުންގެ ދުޝްމިނުންގެ ގޮތުގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ސިފަކުރައްވައިފިއެވެ.

ސައިބާ ކްރައިމް ހުއްޓުވުމަށް، އެއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ގެނައި ބަދަލަށް އިޝާރާތްކުރައްވާ ޝަރީފް ވިދާޅުވީ އެއާއި ވިދިގެން، ގުޅުންހުރި ގާނޫނުތަކަށް ބަދަލުވެގެންނަންޖެހޭކަމަށެވެ.

ކުށުގެ ވަރަށް ބޮޑު ބައެއް ބޭރުގެ ސިސްޓަމްތަކާއި ގުޅިފައިވާކަމަށާއި، ބަހުސްކުރުމުގެ ފުރުސަތުގައި ކޮމްޕިއުޓާ ސިސްޓަމް ހެކްކުރާ ވާހަކައާއި، ގާނޫނާއި ހިލާފަށް ބޭންކުތަކުގެ ނެޓްވޯކުގެ ތެރެއަށް ވަދެގަން، އެކި އެކި މީހުންގެ އެކައުންޓްތަކުުން ފައިސާ ވަގަށް ނަގާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މިކަންކަން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތް އިދިކޮޅުން ސިފަކުރަނީ އިންތިހާބު ކައިރިވުމުން އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރާކަމެއްގެ ގޮތުގައިކަމަށް ވިދާޅުވެ، ޝަރީފް ކަންބޮޑުވުންފާޅު ކުރެއްވިއެވެ. މިއީ އިންތިހާބާއި ގުޅިގެން ހުށައަޅާފައި އޮތް ބިލެއް ނޫންކަމަށް ވިދާޅުވެ އިދިކޮޅުގެ މެންބަރުންގެ ވާހަކަތައް ޝަރީފް ދޮގު ކުރެއްވިއެވެ. މިއީ ފަސްކުރެވެން ނުވަތަ ލަސްކުރެވެންވެސް ނެތް އިސްލާހެއްކަމަށް ޝަރީފް ވިދާޅިވިއެވެ.

އެހެންވެގެން އަޅުގަނޑު މި ދަންނަވަނީ މި ބާވަތުގެ ކަންކަން ތަކުރާރުކޮށް ފެންނާތީ. އަޅުގަނޑަށް ހަމަ ކަނޑައެޅިގެން މިއަދު އިދިކޮޅު ފަރާތްތަކުން މި ތިބީ، ހާއްސަކޮށް ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މެންބަރުން ހަމަ ސީދާ ރައްޔިތުންނާއި ދުޝަމިނު ބައެއް.

ސައިބާ ކްރައިމްތައް ހުއްޓުވުމަށް ހުށައަޅާފައި އޮތް އިސްލާހު ބޮޑު ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާނުލުމަށް ޝަރީފް އެދިވަޑައިގެންނެވިއެވެ. ރައްޔިތުންގެ ހައްގުގައި ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކޮށް ހަރުދަނާކުރުމަށް މެންބަރުންވެސް އިސްކަންދެއްވަންޖެހޭކަމަށާއި، ރައްޔިތުންނަށް ފައިދާހުރިކަމެއް މަޖިލީހަށް ހުށައެޅުން ނަމަވެސް މެންބަރުން އެކަންކަން އިންތިހާބުތަކާއި ގުޅުވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އަރިސް މެންބަރުން ޝަރީފް ސިފަކުރެއްވީ ރައްޔިތުންނާއި ދުޝްމިނު ބައެއްގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: