ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ މިހާތަނަށް ބައިމިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

ކ މާފުށީގައި ފަތުރުވެރިންތަކެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 5 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަަށް ވަނީ ފަސްލައްކަ ފަސްސަތޭކަ ނުވަދިހަ ހަތް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. އެގައުމުން މިހާތަނަށް 69،590 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެެވެ.

ދެވަނަ އަށް އެންމެ ގިނައިން ރާއްޖެ އައިސްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާ އިން 52،723 ފަތުރުވެރިން ވަނީ ރާއްޖެ އަށް އައިސްފައެވެ.

ތިންވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައި އިނގިރޭސިވިލާތުން 45،545 ފަތުރުވެރިން ވަނީ މިހާތަނަށް ރާއްޖެ އައިސްފައެވެ.

ފަތުތުވެރިކަމާއިބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ މިހާތަނަށް ރާއްޖެއަށް 150،183 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް 173 ރިސޯޓް އޮޕަރޭޓް ކުރަމުންދާއިރު، 13 ހޮޓަލަކާއި 894 ގެސްޓް ހައުސްއެއް ވަނީ އޮޕަރޭޓްކުރަން ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: