ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމްތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ގޮވާލާ ގަރާރެއް

ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޅ ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމްގައި ހުރި މައްސަލަތައް ހައްލުކުރުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ. މި ގަރާރު މަޖިލީހަށް ހުށަހެޅުެއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްއެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމްގެ 85 ޕަސެންޓް މަސައްކަތް ނިމިފައިވަނިކޮށް އެ މަސައްކަތް އެލްއީ ޓްރެވެނީ ޖޭވީ އާ އެކު ވެފައިވާ އެއްބަސްވުން 23 ޖަނަވަރީ 2020 ގައި މިސަރުކާރުން އުވާލާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަޝްރޫއުގެ މަސައްކަތް ހުއްޓި ނިންމަން ކަނޑައެޅުނު މުއްދަތަށް ވުރެ ގިނަ ދުވަސްވެ އޭގެ ދުވަސްތަކެއް ފަހުން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންގޮސް ހިދުމަތް ދޭންފެށުމުން އެ މަޝްރޫއުގެ މަސައްކަތް ފުރިހަމަ ނުކޮށް އެނިޒާމް އޮޕަރޭޓްކުރަން ފެނަކަ ކޯޕަރޭޝަނާއި ހަވާލްކުރުމުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ނައިފަރުގެ ފެނާއި ނަރުދަމާގެ ހިދުމަތުގެ ފުރިހަމަ ބޭނުން ރައްޔިތުންނަށް ހިފެމުން ނުދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ  6000 އަށް ވުރެ ގިނަ މީހުންގެ އާބާދީއަކަށް ފުރިހަމަ ނުވާ ނިޒާމަކުން ހިދުމަތް ދިނުމަށް ހުރި ދަތިތަކާ ގުޅޭގޮތުން ފެނަކަ އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ކަމަށެވެ.

އާރޯ ޕްލާންޓުން ދޫކުރާ ފެނުގައި ކުލައާއި ވަސް ހުރުމުގެ ސަބަބުން އެ ފެނަކީ ރައްކާތެރި ފެނެއް ނޫން ކަމަށާއި ސިއްހީ ގޮތުން މައްސަލަ ތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށާއި އާރުއޯ ޕްލާންޓް އޮޕަރޭޓް ކުރުމަށް ބޭނުންވާ ޓެކްނިކަލް ކަންކަން ފުރިހަމަ ވެފައި ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އާރުއޯ ޕްލާންޓްގެ މެއިންޓަނަންސް ކުރުމަށް ބޭނުންވާ ވަސީލަތްތައް ލިބެން ނެތުމުގެ ސަބަބުން ހިދުމަތް ދިނުމުގައި ދަތިތައް ކުރިމަތިވެ ޕްލާންޓުން ފެން ލީކުވެ ދަބަރުޖަހާފައިވާ ކަމަށްވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

ޕްލާންޓުން ފެން ދޫކުރުމަށް ގާއިމް ކުރެވިފައިވާ ޕަމްޕް ސްޓޭޝަން، ސާވިސް ނުކުރެވުމުގެ އިތުރުން ކްލޮރިން ހުސްވުން ފަދަ އެތައް މައްސަލައެއް ކުރިމަތިވަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ފެނުގެ ހިދުމަތް ގުޅައިދިނުމަށް އެދިފައިވާ ގޭބިސީ ތަކަށް ހިދުމަތް ގުޅައިދިނުމަށް ބޭނުންވާ މެޓީރިއަލްސް  ކޮންޓްރެކްޓަރު ފޯރުކޮށްދީފައި ނުވުމުގެ އިތުރުން ނަރުދަމާ ނިޒާމުގެ ނެޓްވޯކް ނޭޅޭ ސަރަހައްދުތައް ހުރުމާއެކު  މަގުމައްޗަށް ނަޖިސް ބޭރުވެ ވަސް ދުވާ ބަލިމަޑުކަމެއް އުފެދިދާނެ ކަމުގެ ބިރުވެރިކަން އޮތުމުގެ ސަބަބުން ނަރުދަމާ ސްޓާޓިންގ ލައިން ބައެއް ގޭބިސީ ތަކުގެ ލައިނަށް ވުރެ ތިލަވުމުގެ ސަބަބުން ގޭބިސީތަކުގެ  ކަނެކްޝަންސް ހެދިފައިނެތުން ހިމެނޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ނަރުދަމާގެ ހިދުމަތް ނުގުޅި ހުރީ ކިތައް ގެކަން ލިޔެކިޔުމުން ސާފުވާން ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: