ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިފާޒް ވަކިކުރުމާއި ގުޅިގެން މެމްބަރު ވައްޑެ ނުރުހުން ފާޅުކޮށްފި

އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ).
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އޮފީހުގެ މިނިސްޓަރުކަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވަކިއްކޮށްފައިވާކަމާއިމެދު މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ނުރުހުން ފާޅުކުރައްވައިފިއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތަކުގެ ތެރޭގައި އެމްޑީޕީގެ ރައީސް ސާލިހު ފެކްޝަނުންދަނީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ރައީސް ސާލިހަށް ތާއީދު ނުކުރައްވާ ފަރާތްތައް މަގާމުން ދުރުކުރުމަށް ގޮވާލަމުންނެވެ. އަދި ޖޭޕީގެ ސްލޮޓުތަކުގައިވެސް ތިއްބެވި މެމްބަރުން މަގާމުން ދުރުކުރުމަށް ގޮވާލާ އަޑުތައް ގަދަވަމުންދާއިރު، އެމްޑީޕީގެ އިސް ފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ޝިފާޒް، ރައީސް އޮފީހުގެ މިނިސްޓަރުކަމުން ވަކިކޮށްފައިވާކަމަށް ފާހަގަކުރައްވާ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ދައުރުގައި އެމްޑިޕީއަށް ކުރިމަތިވެގެންދިޔަ ގޮންޖެހުންތަކުގެ ތެރޭގައިވެސް ޕާޓީގެ ރޫހު ފަނޑުނުވެ ހިފެހެއްޓުވުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވީ ޝިފާޒްކަމަށް ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ވެރިކަމަށް އާދެވުމުގައި އެމަނިކުފާނަށްވުރެ ބުރަކޮށް މަސައްކަތް ކުރެއްވީ ޝިފާޒްކަމަށެވެ. އަދި އެ މަސައްކަތުގައި ގިނަ ވަގުތުވެސް ހޭދަކުރައްވާފައިވަނީ ޝިފާޒްކަމަށް ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޝިފާޒް ވަޒީފާއިން ވަކިކޮށްފައިވަުމަކީ ރައީސް ސާލިހުގެ އެއްވެސް އަގަލެއް ނެތްކަމުގެ ސާފު ހެއްކެއްކަމަށެވެ.

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން އެމްޑީޕީގެ މެމްބަރަކު ވަކިކޮށްފައިވުމާއިމެދު ވަހީދު ނުރުހުން ފާޅުކުރައްވާފައިވާއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް މަސައްކަތްކުރައްވަމުންދަނީ ޖޭޕީގެ ވެރިކަމެއް ގާއިމުކޮށްދިނުމަށެވެ. ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ހިމެނިވަޑައިގަންނަވާ ފިކުރެއްގެ ދިރުން އިންވަނީ ޖޭޕީގެ އިސް ލީޑަރުންނާއި ބައްދަލުކުރައްވާފައެވެ. އަދި ދެ ފަރާތް ގުޅިގެން މެނިފެސްޓޯއެއް އެކުލަވާލުމަށް މަސައްކަތްތައް ކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: