ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެއްޗަށް ދެވިހިފައިފާ މީހުންނަށް ފިޔަވަޅު ނާޅާނެކަމަށް އިމްރާން ވިދާޅުވި: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެއްޗަށް ދެވި ހިފައިފާ މީހުންނަށް ފިޔަވަޅު ނާޅާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވަމުން ގެންދަވާކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ތުހުމަތުކުރައްވައިފިއެވެ.

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބެނޭ ގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލާ ހެންވޭރު ހުޅުޅަނގު ދާއިރާ މެންބަރު ހަސަން ލަތީފް ހުށައަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުން އިބްރާހީމް ރަޝީދު ވިދާޅުވީ މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަކީ އެމްޑީޕީގެ ވައުދެއްކަމަށެވެ. އެހެން ނަމަވެސް ފެނިގެންދަނީ މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރާ މަންޒަރު ނޫންކަމަށާއި، ހުޅުވަމުންދާ މަންޒަރުކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މީހާ، އޭނާގެ އަތުން މަސްތުވާތަކެތި އަތުލުމަށްފަހު އެމީހާ މިނިވަންކޮށް ފޮނުވާލާ މަންޒަރުވެސް ފެނިގެންދާކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ފިޔަވަޅު އެޅުމަށްޓަކައި ހަދާފައިވާ ގާނޫނު ތަންފީޒް ނުކުރެވޭކަމަށާއި، އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެކުލަވާލާފައިވާ ގާނޫނަކަށް ވާތީ އެ ގާނޫނު ތަންފީޒްނުކުރާނެކަމަށް މިނިސްޓަރު އިމްރާން ވިދާޅުވަމުން ގެންދަވާކަމަށް އިބްރާހީމް ރަޝީދު ތުހުމަތުކުރެއްވިއެވެ. އަދި މަސްތުވާތަކެއްޗަށް ދެވިހިފައިފާ މީހުންނަށް ފިޔަވަޅު ނާޅާނެކަމަށްވެސް އިމްރާން ވިދާޅުވަމުން ގެންދަވާކަމަށް ތުހުމަތުކުރައްވާ އިބްރާހީމް ރަޝީދު ވިދާޅުވީ ފަރުވާ ނުދެވުމުގެ ސަބަބުން ނުކުންނަ ނަތީޖާ ކޮވިޑްގެ ތެރޭގައި ވަރަށް ރަނގަޅަށް ފެނިގެންދިޔަކަމަށެވެ.

ފަރުވާ ދިން ވަރަކީ ބޯ ކަރުދާސް ގަނޑު އަޅައިގެން މާލެ މަގުމަތީގައި އެމީހުން އެތިބެނީ، ބިއް ޖެހިގެން ވައްކަން ކުރަނ.ީ އެތައް މިތަނުން ވައްކަން ކުރަމުންގޮސް މަސްތުވާތަކެތީގެ މި ވަބާގައި ޖެހިގެން. ކޮވިޑްގެ ތެރޭގައި އަޅުގަނޑުމެންނަށް އެމަންޒަރުތައް ވަރަށް ސާފުކޮށް ފެނުނު.

ފަރުވާ ދިނުމުގެ ނަމުގައި ސެންޓަރުތަކެއް ހުޅުވައިފިކަމަށާއި، ނަމަވެސް ފަރުވާ ނުދެވޭކަމަށް އޭނާ ވިދާޅުވިއެވެ. އިބްރާހީމް ރަޝީދު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ތިބި ކުދިން މާލެ ގެނައިސް އެތައް މިތާގައި ބިއް ޖައްސައިފިކަމަށެވެ.

މަސްތުވާތަކެއްޗަކީ ރާއްޖޭގައި އުފައްދާ އެއްޗެއްނޫންކަމަށް ވިދާޅުވެ މިއީ ރާއްޖެއަށް އެތެރެކުރާ އެއްޗެއްކަމަށް އިބްރާހީމް ރަޝީދު ފާހަގަކުރެއްވިއެވެ. އެހެންކަމުން ފުރަތަމަ ކުރަންވީކަމަކީ ފަރުވާ ދިނުން ނޫންކަމަށާއި، މިތަކެތި އެތެރެވުން ހުއްޓުވުންކަމަށް ވިދާޅުވިއެވެ. މަސްތުވާތަކެތީގެ ވަބާގައި ކުޑަކުދިންވެސް ޖައްސާފައިވާކަމަށާއި، ނަމަވެސް ފިޔަވަޅު އެޅޭ މަންޒަރު ނުފެންނަކަމަށް ތަކުރާރުކުރައްވާ އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ މައްޗަށް އެކަށީގެންވާ ޝަރީއަތްތައް ހިންގާ، މައްސަލަތައް ނުބެލޭކަމަށާއި، ހައްޔަރުކުރެވުނުތާ ޖެހިގެން އަންނަ ދުވަހު އެ މީހަކު ދޫކޮށްލާކަމަށް އިބްރާހީމް ރަޝީދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: