ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޒާހަރާގެ ބައިވެރިން ގެއަށް ވަންނާނީ ރައީސް ޔާމީނާއި އެއްކޮށް: އާދަމް ޝަރީފް

އިދިކޮޅުން ބޭއްވި މުޒާހަރާއެއްގައި އާދަމް ޝަރީފް/ ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލާ ކުރިޔަށް ގެންދާ އިހުތިޖާޖުގެ، ބައިވެރިން ގެއަށް ވަންނާނީ ރައީސް ޔާމީނާއި އެކުކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ސިލްސިލާކޮށް ކުރިޔަށް ގެންދާ އިހުތިޖާޖުތައް ހުއްޓާ ނުލައި ރޯދަ މަހު ވެސް އިދިކޮޅުން ކޮންމެ ދުވަހަކު ކުރިޔަށް ގެންދެ އެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި، އަދި ކޯޓުގައި ކުރިޔަށް ދާ ބައެއް މައްސަލަތަކުގެ އިސްތިއުނާފު އަޑުއެހުންތައް ކައިރިކައީގައި ކުރިޔަށްދާއިރު އިދިކޮޅުން ދަނީ ރަދަ މަހު ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް ގޮވާލަމުންނެވެ.

ފުއްގިރި މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށަހަޅާ، ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމި މައްސަލަ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅުން އެ ކޯޓުން ވަނީ އެ ޝަރީއަތްތައް ދަށު ކޯޓުގައި މަޑުޖައްސާލުމުގެ އަމުރެއް ނެރެފަ އެވެ. އެކަން ފާހަގަކޮށް އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅުން އިހުތިޖާޖުތައް ހުއްޓާލައި ގެއަށް ވަންނާނީ ރައީސް ޔާމީން މިނިވަން ކުރުމަށް ފަހު ކަމަށެވެ. އެއްވުންތަކުގެ ތެރެއިން މިހާތަނަށް 130 އަށް ގިނަ މެމްބަރުން ހައްޔަރުކޮށްފައިވާކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ ކޮންމެ މެމްބަރެއް ވެސް ކުރިޔަށް ދާނީ ޖެހިލުމެއް ނެތި ސާބިތުކަމާއި އެކުކަމަށެވެ.

ރައީސް ޔާމީން ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް އިދިކޮޅުން ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީންގެ ނަން ރިޔާސި އިންތިހާބުގެ ވޯޓު ކަރުދާހުގައި އޮންނާނެއެވެ. އަދި ރިޔާސީ އިންތިހާބަށް ވާއިރަށް ރައީސް ޔާމީން މިނިވަންކުރެވޭނެކަމުގެ ޔަގީންކަން އިދިކޮޅަށް އެބައޮތެވެ.

އާދަމް ޝަރީފްގެ ޓުވީޓުގައި ރ. ފުއްގިރި މައްސަލާގައި ރައީސް ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތްތައް މަޑުޖައްސާލަން ހައި ކޯޓުން އަމުރުކުރިކަންވެސް ފާހަގަކޮށްފައިވެއެވެ.

އެ މައްސަލާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން އެންގީ އެ މައްސަލާގައި ކްރިމިނަލް ކޯޓުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ އެފަދަ އަމުރަކަށް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: