ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާހީ މަސައްކަތުގެ ޒިންމާ އޮތީ ވަކި މީހެއްގެ މައްޗަކަށް ނޫން: އިމްރާން

ރައީސް ނަޝީދާއި ހޯމް މިނިސްޓަރ އިމްރާން ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެހާ މީސްތަކުން އިސްލާހު ކުރުމުގެ މަސައްކަތަކީ ވަކި އެކަކުގެ މައްޗަށް އެޅިފައިވާ ޒިންމާއެއް ނޫންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކޯލިޝަން ދައުވަތު ގަބޫލު ކުރި އެންމެ ފުރަތަމަ ޕާޓީއަށް އަދާލަތުވުމާއިއެކު ގިނަ ފާޑުކިޔުންތައް އަމާޒުވެފައިވާ އިމްރާން ގެންދަވަނީ ވަކި ފަރާތަކަށް ސީދާ ނިސްބަތް ނުކުރައްވައި ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމަށް ފާޑުވިދާޅުވަމުންނެވެ. އަދި ދާދި ފަހުން ކުރެއްވި ޓްވީޓެއްގައި ސިންގާއެއް ގެންގޮސް ފައިނުޖެހޭ ހިސާބު މޫދަށް ބޭލުމުން އަޑިއަށް ހިނގައިދާކަމަށް ވިދާޅުވުމުން ވެސް އޭނާއަށް ގިނަ އަދަދެއްގެ އާންމުން ފާޑުކިޔާފައިވެއެވެ.

އެމްޑީޕީގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ގިނަވެފައިވާކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުންނާއި ހުދު އެމަނިކުފާނުވެސް ތަކުރާރު ކުރައްވަމުންދާއިރު، އިމްރާން ވަނީ އިސްލާހީ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައި އޭނާ ދެކިވަޑައިގަންނަވާ ގޮތް ހިއްސާ ކުރައްވާފައެވެ.

އިމްރާން ވިދާޅުވީ، ދުނިޔޭގެ އެންމެން އިސްލާހުކޮށް ހެޔޮލަފާ މީހުންނަށް ހެދުމުގެ މަސައްކަތަކީ ވަކި ފަރާތެއްގެ ޒިންމާއެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އެ މަސައްކަތުގެ މަސްއޫލިއްޔަތު އެޅިފައިވަނީ އެކަކުގެ މައްޗަށް ނޫންކަމަށެވެ.

އިމްރާން ވިދާޅުވީ، އެ މީހެއްގެ މަސްއޫލިއްޔަތަކީ އަމިއްލަ ނަފްސު އިސްލާހުކުރުންކަމަށެވެ. އޭނާ ވިދާޅުވީ، ނަފްސާއިއެކު އާއިލާ އަދި އެހެނިހެން ފަރާތްތައްވެސް އިސްލާހު ކުރުމުގެ މަސައްކަތްތައްވެސް ކުރުމަކީ ކޮންމެ މީހެއްވެސް އިިހުލާސްތެރިކަމާއިއެކު ފޫހިވުމާއި މާޔޫސްކަމެއް ނެތި އަބަދުމެ އަދާ ކުރުމުގައި ދެމިހުންނަންޖެހޭ ޒިންމާއެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: