ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ މާލިމީކަމުގައި ރާއްޖެއަށް ލިބެމުންދާ ތަރައްގީ އޮތީ ސާފުކޮށް ފެންނަން: ޝާހިދު

ހއ ދިއްދޫގައި ބޭއްވި ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ޝާހިދު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މާލިމީކަމުގައި ރާއްޖެއަށް ލިބެމުންދާ ތަރައްގީ އޮތީ ސާފުކޮށް ފެންނަންކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދަޅުވެއްޖެއެވެ.

ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ 2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސުލްޖުމްހުރިއްޔާ އިބްރާޙީމް މުހައްމަދު ސާލިހު ކާމިޔާބު ކުރައްވާނެކަމަށެވެ.

އެމަނިކުފާނު އިންތިހާބު ކާމިޔާބު ކުރައްވާނީ ލޯތްބާއިއެކުކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދު ވިދާޅުވީ ރައީސް ސާލިހުގެ މާލިމީކަމުގައި ރާއްޖެއަށް ލިބެމުންދާ ތަރައްގީ އޮތީ ސާފުކޮށް ފެންނަންކަމަށެވެ. އެމްޑީޕީގައި އުފެދިފައި އޮތް ދެ ފެކުޝަނުގެ ތެރެއިން ރައީސް ސާލިހަށް ތާއީދުކުރައްވާ ޝާހިދު މީގެ ކުރީގައިވެސް ރައީސް ސާލިހުގެ ސިޔާސަތުތަކަށް ތައުރީފުކުރައްވާފައިވެއެވެ. އަދި އެމަނިކުފާނުގެ ވާދަވެރިންނަށް ފާޑުވެސް ވިދާޅުވެއެވެ.

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ކުރީ، ”ޖައްބާރު“ ވެރިމަމެއްކަމަށާއި، ވެރިކަމުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ސަރުކާރުން މުޅި ދައުލަތުގެ ސިފަ ކަނޑުވާލިކަމަށްވެސް ވިދާޅުވިއެވެ. އެނާ ވިދާޅުވީ، މި ދައުރުގައި ރައީސް ޔާމީންގެ ދައުރާއި ހިލާފަށް، ރައީސް ސާލިހު ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ މުއައްސަސާއެއްގެ ސިފަ ޖައްސުވާ ދެއްވާފައިވާކަމަށެވެ.

ޝާހިދު ވިދާޅުވީ، ރާއްޖޭގެ ފަނޑިޔާރުގޭގެ ފުރާޅުން ޓިނު ނަގައި ފަނޑިޔާރުން ގެންގޮސް ކުޑަ ގޮޅިއަށްލުންފަދަ ކަންކަން ރައީސް ޔާމީންގެ ސަރުކާރުގައި ކޮށްފައިވާކަމަށެވެ =ކަމަށެވެ. އެހެންނަމަވެސް މިހާރު ފަނޑިޔާރުގެއަކީ މިނިވަން މުއައްސަސާއެއްކަމަށާއި ރައީސް ސާލިހަށް ތާއީދު ކުރައްވަނީ އެކަންކަމުގެ ސަބަބުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: