ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ގުޑިފެސްޓް ބާއްވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

 

ދިރާގު ގުޑިފެސްޓް މާދަމާ މާލެ އުސްފަސްގަނޑުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މާލެ ސިޓީ ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ  1 އޭޕްރީލް 2023 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4 ން 6 އަށެވެ.

ގުޑި އެރުވުމަކީ ރަމަޟާން މަހުގެ ހަވީރު ގަޑީގައި ބޮޑެތި މީހުން އަދި ކުޑަކުދިންގެ މެދުގައިވެސް މަޤްބޫލް ހަރަކާތެކެވެ. ދިރާގު ގުޑިފެސްޓް މެދުވެރިކޮށް އެ ކުންފުނިން އުއްމީދު ކުރަނީ މި މަހުގެ ތެރޭގައި މި ޒަމާންވީ ސަގާފީ އާދަކާދައާ ދެމެދު އިތުރު ކުދިންގެ ޝައުގު އާލާކުރުމެވެ.

ދިރާގު ގުޑިފެސްޓްގައި ހުރިހާ އުމުރުފުރައެއްގެ ކުދިންނަށް ވެސް ބައިވެރިވެވޭނެއެވެ. އަދި މި އިވެންޓްގައި އެކި ވައްތަރުގެ ގުޑިވެސް ދިރާގުން ބަހާނެއެވެ.

ޚާއްސަކޮށް މި ރަމަޟާން މަހާ ދިމާކޮށް ދިރާގުން ދަނީ ހިތްގައިމު ހަރަކާތްތަކާއި އޮފާތައް އާންމުންނަށް ގެނެސްދެމުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށް އެދޭ ކަމަށެވެ.

ދިރާގުން ދަނީ ކޮންމެ ރަމަޟާން މަހުގައިވެސް ކަސްޓަމަރުންނާއި ދިވެހި ރާއްޖޭގައި އުޅޭ ފަރާތްތަކަށް އިތުރު ހަރަކާތްތަށް ގެނެސްދެމުންނެވެ. އަދި އެކުނުފުނިން ވަނީ ރޯދަމަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށްވުމަށްވެސް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: