ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ފިކުރެއްގެ ދިރުން“ އާއި އެއްކޮށް މަސައްކަތްކުރިކަމަށް އާދަމް ޝަރީފް ވިދާޅުވި ވާހަކަ ސެމްބެ ދޮގުކޮށްފި

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުއާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ).
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްއިން މިހާތަނަށް އެމްޑީޕީގެ ފެކްޝަންއަކާއިއެއްކޮށް އިންތިހާބެއް ކާމިޔާބުކުރަން މަސައްކަތްނުކުރަންކަމަށް ވިދާޅުވެ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ދެއްކެވި ވާހަކަތައް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ދޮގުކޮށްފިއެވެ.

އިއްޔަގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމުގެ ފުރުސަތުގައި އާދަމް ޝަރީފް ވަނީ ކ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަވެރިކޮށް މަސައްކަތްކުރެއްވި އަދި ޕީޕީއެމްއަށް ވޯޓުދެއްވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި މި އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކޮށްދެއްވުމަށްޓަކައި ފިކުރެއްގެ ދިރުން ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާތީވެ، ފިކުރެއްގެ ދިރުމަށްވެސް އާދަމް ޝަރީފް ޝުކުރުއަދާކުރެއްވިއެވެ.

”މި އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކޮށްދެއްވުމަށްޓަކައި ފިކުރެއްގެ ދިރުމެއްގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާތީވެ އެ ބޭފުޅުންނަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން“

އާދަމް ޝަރީފް ވިދާޅުވިއެވެ.

މިވާހަކަތަކަށް ރައްދުދެއްވާ މުހައްމަދު ލަތީފް ވިދާޅުވީ މިއީ ބޮޑު އޮޅުމެއްކަމަށެވެ. އަދި ޕީޕީއެމްއިން މިހާތަނަށް އެމްޑީޕީގެ ފެކްޝަންއަކާއިއެއްކޮށް އިންތިހާބެއް ކާމިޔާބުކުރަން މަސައްކަތްކޮށްފައިނުވާނެކަމަށް ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހާއި ވާދަކުރެއްވުމަށްފަހު ލިބިވަޑައިގަތް ނާކާމިޔާބީ ގަބޫލުނުކުރައްވައި، ރައީސް ނަޝީދު ކުރިއަށް ގެންދަވާ “ފިކުރެއްގެ ދިރުން” ހަރަކާތުން އަންނަނީ އިދިކޮޅާއި ގުޅިގެން މަސައްކަތްތަކެއްކުރަމުންކަމަށް އެމްޑީޕީގައިި ތިބި ރައީސް ސާލިހަށް ތާއީދުކުރައްވާ މެންބަރުން ތުހުމަތުކުރެއެވެ. އެގޮތުން މަޖިޅިހުގެ ތަޅުމުގައި އިދިކޮޅުން ސަރުކާރާއި ދެކޮޅަށް ދައްކަމުންދާ ވާހަކަތަކަކީ ރައީސް ނަޝީދު އަންގައިގެން ދައްކަމުންދާ ވާހަކަތަކެއްކަމަށް ތުހުމަތުކުރެއެވެ. އަދި ހަމައެފަދައިން އިދިކޮޅުން މަޖިލީހުގެ ތަޅުމަށް ހުށައަޅާ ކުއްލި މައްސަލަތަކާއި، ގަރާރުތަކަކީވެސް ރައީސް ނަޝީދުގެ ލަފާގެ މަތިން ހުށައަޅާ ގަރާރުތަކެއްކަމަށް ތުހުމަތުކުރެއެވެ.

މި އިންތިހާބު ޕީޕީއެމްއަށް ގެންލުމުން އެމްޑީޕީގައި ތިބި ރައީސް ސާލިހަށް ތާއީދުކުރާ މެންބަރުން ވިދާޅުވީ މިކަމުން ދޭހަވަނީ އިދިކޮޅުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީއާއި ދެކޮޅަށް ކުރިއަށްގެންދަވާ “ފިކުރެއްގެ ދިރުން” ހަރަކާތާއި ގުޅިގެން އެމްޑީޕީ ފެއިލްކޮށްލަން ކުރާ މަސައްކަތް ކަމިޔާބުނުވާނެކަންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: