ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުއްގިރީގެ މައްސަލަ ކުރިއަށް ގެންދާ ގޮތުން ރައީސް ޔާމިންގެ ގިނަ ހައްގުތަކެއް ގެއްލިދާނެ: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ރ ފުއްގިރީގެ މައްސަލައިގައި ކުރެވޭ ޝަރީއަތް އަވަސް ގޮތަކަށް ކުރިއަށް ގެންދާތީ ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވެމުންދާ ޝަރީއަތުގެ އަޑުއެހުންތައް ހަލުވިކަމާއިއެކު ކުރިއަށް ގެންދާކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، ފުއްގިރީގެ މައްސަލަ ކުރިއަށް ގެންދާ ގޮތުން ރައީސް ޔާމީންގެ ގިނަ ހައްގުތަކެއް ގެއްލިގެން ދިއުމުގެ ފުރުސަތު ފުޅާކަމަށެވެ. އޭނާ ވަނީ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދަނީ ސަރުކާރުން ވަކި މަގުސަދެއް ހާސިލު ކުރުމަށްޓަކައިކަމަށް ސިފަކުރައްވާފައެވެ.

އޭނާ ވިދާޅުވީ، އަވަސް ކުރުމުގެ އިތުރުން ލައިވް ނުކޮށް ކުރިއަށް ގެންދަނީ ސަރުކާރުގެ ސީދާ ނުފޫޒާއިއެކުކަމަށެވެ. އަދި އެކަން ކުރަމުންދަނީ ރައްޔިތުންނަށް އޮޅުވާލުމަށްޓަކައިކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ލައިވް ނުކުރުމަކީ މައްސަލައެއްކަމަށެވެ. އެހެންކަމުން އެކަން ޒިންމާދާރު ފަރާތަކުން ބަލައިދެއްވުމަށް އެދިވަޑައިގަތެވެ.

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓުގެ ކެނޑިޑަސީގެ ސައްހަކަމާއިމެދު ސުވާލު އުފެދިފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް އާރަށުގެ މައްސަލައިގައި ކުރެވިފައިވާ ހުކުމް ބަލައި ނުގަންނަކަމަށް އިދިކޮޅުގެ މެމްބަރުންވަނީ ފާހަގަކޮށްފައެވެ. މިހާރު ފުއްގިރީގެ މައްސަލައިގައި ޝަރީއަތް ކުރެވެމުންދާއިރު، މީގެ ކުރިންވެސް ރައީސް ޔާމީންއަށް ވާހަކަދެއްކެވުމަށް ފުރުސަތު ލިބިވަޑައިނުގަތް މައްސަލައެއް ފެންމަތިވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: