ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޓްލޮސްއިން ބުންޏަސް ސަރައްދުން ބައެއް ދޫކުރުމަކީ ކުރަންޖެހޭނެ ކަމެއް ނޫން: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

އިޓްލޮސް އަދި އައިސީޖޭއިން ބުނި ނަމަވެސް ދިވެހިރާއްޖޭގެ ސަރަހައްދީ އިމުން ބައެއް ދޫކޮށްލަން ނުޖެހޭކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ޙަބަރަށްފަހު“ ޕްރޮގްރާމްގައި ރާއްޖެ އަދި މޮރިޝަސްގެ އިން ވަކި ކުރުމުގެ މައްސަލައަށް އަލިއަޅުއްވައި ސައީދު ވާހަކަދެއްކެވިއެވެ. އޭނާ ވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ގާނޫނީ ބާރުތަކުގެ ބޭރުން އަމަލުކުރައްވާފައިވާކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސް ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކީ އެމަނިކުފާނަށް ސޮއިކުރެއްވޭނެ އެއްޗެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ރާއްޖޭގެ އެންމެ ދެކުނަށް އޮތް ފަރުން ފަށައިގެން ދެކުނަށް އޮންނަ ސަރަހައްދަކީ ދިވެހި ޕާސްޕޯޓެއް އޮތް ކޮންމެ ރައްޔިތެއްގެ ވެސް މިލްކެއްކަމަށެވެ. އޭނާ ވިދާޅުވީ، 2023 ވަނަ އަހަރު ފެށިގެންދިޔައިރު، އެ ސަރަހައްދުގެ ކަނޑާއި، ކަނޑުގެ އަޑި އަތި އެ ތަނުގައިވާ ދިރުން ހުރި ތަކެއްޗާއި ދިރުން ނެތްތަކެއްތީގެ އިތުރުން އެ ސަރަހައްދުގެ ޖައްވަކީވެސް ދިވެހި ރައްޔިތުންގެ މުދާކަމަށެވެ.

އޭނާ ވިދާޅުވީ، އެއްވެސް ބައެއްގެ އިރުޝާދުގެ މަތިން އެ ސަރަހައްދު ދޫކޮށްލަން ރާއްޖެއަށް ނުޖެހޭނެކަމަށެވެ. ސައީދު ވިދާޅުވީ، އެއީ އައިސީޖޭ އަދި އިޓްލޮސް ނުވަތަ މޮރިޝަސް ނަމަވެސް އެކަންކުރަން ނުޖެހޭނެކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ރާއްޖޭގެ ސަރަހައްދުގެ ގޮތުގައި އދގައި މާ ކުރިން ކަނޑައެޅި ރެޖިސްޓްރީވެސް ކުރެވިފައިވާ ސަރަހައްދެއްކަމަށެވެ. އޭނާ ވިދާޅުވީ، އެކަމަށް ވަކިން ގާނޫނެއްވެސް ހަދާފައިވާކަމަށެވެ.

ސައީދު ވިދާޅުވީ، ރާއްޖޭގެ ސަރަހައްދީ އިން އދ އިން ބަލައިގަތުމަށްފަހު، އެ ނިންމުމަށް ތަބާވުމަށްފަހު، ދިވެހިރާއްޖޭގެ ސަރަހައްދީ އިމުން ވެލިފުކެއްގެ މިންވަރުވެސް ދޫކޮށްލެވޭނީ ރައްޔިތުންގެ ރުހުން ހޯދައިގެންކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހަށްވެސް އެކަން ކުރެއްވޭނީ ރައްޔިތުންގެ ރުހުމާއިއެކުކަމަށެވެ. އޭނާ ވިދާޅުވީ، އެކަން ކުރެވޭނީ ރައްޔިތުން ތަމްސީލު ކުރާ މެމްބަރުންގެ މަޖިލީހަކުން ފާސްކޮށްގެންކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ 87 ދާއިރާއަކުން މެމްބަރުން އައްޔަނު ކުރަނީ އެންމެހާ ރައްޔިތުންނަށް ކޮންމެ ދުވަހަކު ވޯޓު އެޅުމުގައި އުޅެވެން ނޯންނާނެތީކަމަށެވެ. ސައީދު ވިދާޅުވީ، ރައީސް އަކީވެސް މުތުލަގަށް އެންމެހާ ބާރުތައް އޮންނަ ފަރާތެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ރައީސްވެސް މަޖިލީހުން ރުހުން ހޯދަން ޖެހޭ ކަންކަން ގާނޫނީ ގޮތުން ލާޒިމުކޮށްފައިވާނެކަމަށެވެ. ސައީދު ވިދާޅުވީ، އެ ނޫން ނަމަ ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ފަރާތްތަކަށް ހިތަށް އެރުމުން ދިވެހިރާއްޖޭގެ ސަރަހައްދުން ބައިތައް ވިއްކާލުމުގެ އިހުތިޔާރު އޮންނާނެކަމަށެވެ.

ސައީދުވަނީ މި ފުރުސަތުގައި ޖެހިގެން އޮތް ގައުމާއި ދެމެދު ހަމަ ހަމައަށް ސަރަހައްދީ އިމެއް ކަނޑައަޅާފައިވާކަމަށް ބުނާ ބުނުމަށްވެސް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ، ޖެހިގެން ގައުމެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ، އެ ސަރަހައްދަކީ ބްރިޓިޝް އިންޑިއަން އޯޝަން ސަރަހައްދުކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ފޯޅަވަހިކަމަށެވެ. އަދި އެއީ މޮރިޝަސްގެ ތަނެއް ނޫންކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ، އިޓްލޮސް ނޫން ކޮންމެ ތަނަކުން  ނިންމި ނަމަވެސް އެއީ މޮރިޝަސްގެ ތަނެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ ނިންމުމެއްވެސް ނިންމިފައިނުވާކަމަށެވެ. ސައީދު ވިދާޅުވީ، އެއީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީކަމަށެވެ. އޭނާ ވިދާޅުވީ، އެ ސަރަހައްދުގެ ރައްކައުތެރިކަން ކަށަވަރުކުރަމުންދަނީ އިންގިރޭސިވިލާތުންކަމަށެވެ.

އޭނާ ވިދާޅުވީ، ދުވާލަކު އެއްފަހަރަކު ހޭލާ ގޮތަށް ފޯޅަވަހި އޮތް ތަނެއް ބެލުމަށް ދިވެހިން މަސައްކަތް ނުކުރާކަމަށެވެ. އޭނާ ވިދާޅުވީ، ދައްކަވަމުންދަނީ އައްޑޫގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިން އެ މަސައްކަތްކުރަމުންދަނިކޮށް 45،000 އަކަ ކިލޯމީޓަރު ”ވަގަށް“ ދީފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ދައްކަވަމުންދަނީ އެ ސަރަހައްދުގެ މައްޗަށް ދިވެހިންނަށް އޮތް ހައްގުގެ ވާހަކަ ކަމަށެވެ. އޭނާ ވިދާޅުވީ، އިދިކޮޅުން ވަކާލާތުކުރައްވަމުންދަނީ ގެއްލިފައިވާ ސަރަހައްދު ހޯދުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: