ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްތަނެއްގައި 87 މީހެއްގެ ހަށިތައް ވަޅުލާފައިވަނިކޮށް ސޫދާނުން ފެނިއްޖެ: އދ

ސޫދާންގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސޫދާނުގެ ދާރުފޫރުގެ ހުޅަނގު ސަރަހައްދުން 87 މީހެއްގެ ހަށިތައް އެއް ތަނެއްގައި ވަޅުލާފައިވަނިކޮށް ފެނިފައިވާކަމަށް އދގެ އިންސާނީ ހައްގުތަކާއި ބެހޭ އޮފީހުން ބުނެފިއެވެ.

ސޫދާންގެ އަސްކަރިއްޔާ އަދި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރި ޖަމާއަތްތަކާއި ދެމެދު ބޮޑެތި ހަމަނުޖެހުންތައް ހިނގައި ގިނަ އަދަދެއްގެ މީހުން މަރުވެ، ގައުމުގައި އެކި ބޮޑެތި ގޮންޖެހުންތައް އުފެދިފައިވާއިރު، އދ އިންވަނީ އެ ގައުމުގައި އެއްތަނެއްގައި 87 މީހަކު ވަޅުލާފައިވަނިކޮށް ފެނިފައިވާކަން ހާމަކޮށްފައެވެ. އަދި އެކަން ކޮށްފައިވަނީ އެ ގައުމުގައި ހަރަކާތްތެރިވަމުންދާ އާރްއެފްއެފް ޖަމާއަތުންކަމަށް ބެލޭވޭ ބައެއް މައުލޫމާތުތައް ލިބިފައިވާކަމަށްވެސް ބުނެފައިވެއެެވެ. އެހެންނަމަވެސް އެ ޖަމާއަތުންވަނީ އެ ފަދަ އެއްވެސް ކަމެއްގައި ބައިވެރިނުވާކަމަށް ބުނެ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ނަސްލީތަފާތުކުރުންތަކުގެ ސަބަބުން، ސޫދާނުގައި އުފެދިފައިވާ ބޮޑެތި ހަމަނުޖެހުންތައް ވަނީ އިތުރުވެގޮސް ލޭ އޮހޮރުވުންތަކަކަށް ބަދަލުވެފައެވެ. އާރްއެސްއެފް އަދި އަރަބި އެހެން ހަނގުރާމަވެރި ޖަމާއަތްތަކުން އެ ގައުމުގެ އަރަބި ނޫން ރައްޔިތުންނަށް ހަމަލާދެމުންދާކަމަށް ހަރަކާތްތެރިވަމުންދާ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކުން ރިޕޯޓުކުރެއެވެ. އެގޮތުން ހިނގަމުންދާ އަމަލުތަކުގެ ތެރޭގައި ގާތަށް ދިއުމަށްފަހު މީހުންގެ ގަޔަށް ބަޑިޖެހުންފަދަ އަމަލުތައް ހިމެނޭކަމަށް ބުނެފައިވެއެވެ.

މީޑިއާތަކުން ރިޕޯޓުކުރާގޮތުން، މަރުވެފައިވާ މީހުން ހަށިތައް ނައްތާލުމަށް އަންހުނުންނާއި ކުޑަކުދިންނަށް މަޖުބޫރު ކުރިއެވެ. އެގޮތުން ތިލަކޮށް ކޮނެފައިވާ ވަޅެއްގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ގިނަ އަދަދެއްގެ ހަށިތައް ވަޅުލިކަމަށް އަދ އިންވަނީ ބުނެފައެވެ. މަރުވެފައިވާ ބައެއް މީހުންނަކީ ލިބުނު އަނިޔާތަކަށް ފަރުވާ ނުލިބުމުގެ ސަބަބުން މަރުވި މީހުންކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.

އދގެ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްވަނީ އާންމުނަާއި އަމާންދީފައިވާ ފަރާތްތައް މަރާފައިވާކަމަށް ފާހަގަކޮށް އެ އަމަލުތައް ކުށްވެރިކޮށްފައެވެ. އަދި މަރުވެފައިވާ މީހުންގެ ހަށިތަކާއިމެދު އަމަލުކުރި ގޮތުގެ އިތުރުން އެ ފަރާތްތަކުގެ އާއިލާއާއިމެދުވެސް އަމަލުކޮށްފައިވާ ގޮތް ކުށްވެރިކުރާކަމަށް ބުނެފައިވެއެވެ. އޭނާވަނީ އެ މައްސަލަ އަވަހަށް ތަހުގީގުކުރުމަށް ގޮވާލައްވާފައެވެ.

މިދިޔަ އޭޕްރިލް މަހުން ފެށިގެން ބޮޑުވަމުންދާ މި މައްސަލައަކީ ސޫދާންގެ އަސްކަރިއްޔާ އަދި ވަކިވެފައިވާ ކުރީގެ ޑެޕިއުޓީ ކޮމާންޑަރުގެ ހަނގުރާމަވެރި ޖަމާއަތާއި ދެމެދު އުފެދިފައިވާ މައްސަލައެކެވެ. އާރްއެސްއެފްއިންވަނީ ހުޅަނގު ދާރުފޫރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ބައިވެރިވާ ވާހަކަތައް ދޮގުކޮށްފައެވެ. އަދި އެ ޖަމާއަތުން ތަހުގީގުތައް ކުރުމަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ހުރިކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް ބައެއް އޮފިޝަލުން މައުލޫމާތު ދޭކަމަށްވެސް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: