ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް ރާއްޖޭގައި ހިންގާ ފަތުރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ވ އަތޮޅުގައި!

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު.
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާތަނަށް ދިވެހިރާއްޖޭގައި ހިންގާނެ އެންމެ ބޮޑު ފަތުރުވެރިކަމުގެ މަޝްރޫއު ވ އަތޮޅުގައި ފެށިގެންދާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ވ އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގެ ތެރެއިން ކެޔޮދޫގައި ހުންނަވާ ރައީސް ސާލިހު ދެއްކެވި ވާހަކައިގައި ވިދާޅުވީ، ވ އަތޮޅަކީ ކުޑަ އަތޮޅެއް ނަމަވެސް ވަ އަތޮޅުގައި ލޯކަލް ޓޫރިޒަމް ފުޅާވެފައި އެބައޮތްކަމަށެވެ. އަދި އެމަނިކުފާނު ހާމަކުރެއްވި ގޮތުގައި ސަރުކާރުން ވަނީ ވ އަތޮޅުގައި އިގްތިސާދީ ބޮޑެތި ހަރަކާތްތައް ހިންގުމަށް ނިންމާފައެވެ. މި ހަރަކާތްތައް ފެށިގެން ދިއުމާއިއެކު، ވ އަތޮޅަށް ދަތުރުފަތުރުގެ ނިޒާމު ފަހިކޮށްދިނުމަށް، ވައިގެ މަގުން ދަތުރުކުރުމަށް އެއާޕޯޓެއް އަޅާދެއްވާނެކަމަށް ރައީސް ސާލިހު ވައުދުވެވަޑައިގެންނެވިއެވެ.

މަ ޝްރޫއުތަކާއި ގުޅޭ އިތުރު ތަފްސީލު ނުދެއްވި ނަމަވެސް، މާ ލަސްތަކެއް ނުވެ، މި މަޝްރޫއުތައް ފެށިގެންދާނެކަމަށް ފާހަގަކޮށް ރައިސް ސާލިހު ވިދާޅުވި ގޮތުގައި، މި މަޝްރޫއުތަކާއި ގުޅިގެން މާދަމާ އިކޮނޮމިކް ކައުންސިލާއި ބައްދަލު ކުރައްވާނެއެވެ.

މީގެ އިތުރުން ރައީސް ސާލިހު ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރުގައި ކެޔޮދޫއަށްވީ ވައުދުތައް ފާހަގަކުރައްވާފައެވެ. ރައީސް ސާލިހު ވިދާޅުވީ ކެޔޮދޫގައި އެއްފަހަރާ ވަރަށް ގިނަ މަޝްރޫއު ހިންގަން ޖެހުނުކަމަށާއި، އަދި އެއީ މީގެ ކުރީ އެހެން ސަރުޚާރުތަކުން އެ ކަންތައްތަކަށް އިހުމާލުވެފައި އޮތުމުންކަމަށެވެ.

ރައީސް ސާލިހު ކެޔޮދޫއަށް ކުރެއްވި މި ދަތުރުގެ ތެރެއިން ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ހުޅުއްވައިދެއްވިއެވެ. ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ރަސްމީކޮށް ހުޅުއްވައިދެއްވައި ރައީސް ސާލިހު ހޯލު ބައްލަވާލައްވައިފައިވާްއިރު، މި ހޯލު މިއަދު ހުޅުވިގެންދިޔައިރު ކެޔޮދޫ ސްކޫލަށް ޖާގަ އިތުރު ކުރުމުގެ ގޮތުން ދެ ބުރީގެ ޢިމާރާތެއްގައި އިތުރު ކްލާސްރޫމުތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް މިވަގުތު ދަނީ ހިނގަމުންނެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންކަން ރައީސް ސާލިހު އަދި ސަރުޚާރުގެ އިސް އެހެން ބޭފުޅުންނާއި، ކޯލިޝަން ޕާޓުނަރުންވެސް ފާހަގަކުރައްވައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: