ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހެޅި މައްސަލައަކީ ބޮޑު ޖޯކެއް: އަލީ އާޒިމް

ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި އަލީ އާޒިމް: ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އެމްޑީޕީ ޕާލިމަންޓް ގުރޫޕުގެ އިތުބާރު އޮތްކަން ނުވަނަ ނޫންކަން ކަނޑަނޭޅި މައްސަލަ މިހާރު ބޮޑު ޖޯކަކަށްވެފައިވާކަމަށް ޑިމޮކްރެޓްސްގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މެމްބަރަކަށް ހުންނެވި އިރު، އެ ޕާޓީގެ ޕީޖީގެ މަގާމު ވެސް އަދާކުރި އާޒިމް ޕާޓީން ވަކި ކުރީ އަސާސީ ގަވައިދާ ހިލާފަށް މަސައްކަތް ކުރައްވާތީ ސުލޫކީ ކޮމިޓީން އެޅި ފިޔަވަޅެއްގެ ގޮތުގަ އެވެ. އޭރު ވެސް ރައީސް ނަޝީދާއި އެކު އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރެއްވި އާޒިމާއި އެހެން މެމްބަރުންގެ ޝަކުވާއަކަށް ވީ އެމްޑީޕީގެ މެމްބަރުން ރައީސް ނަޝީދަށް އުނދަގޫކޮށް ޖެއްސުން ކުރަމުން ދާކަމަށް ބުނެ އެވެ. އަދި އެމްޑީޕީން ރައީސް ނަޝީދު އެއްފަރާތް ކުރުމަށް މަސައްކަތްކޮށް، އެމަނިކުފާނު ޕާޓީން ބޭރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމުގެ ތުހުމަތުތައް ވެސް ކުރި އެވެ.

ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެމެދު ޖެހުނު މައްސަލަތަކަށް ފަހު ޕާޓީ ދޫކުރެއްވުމާއި އެކު އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން މައްސަލަ މަޖިލީހަށް ހުށަހެޅި އެވެ. އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ވެސް އިތުބާރު ނެތްކަމަށް ހުށަހަޅައި ބުނީ ރިޔާސަތުން ތަކުރާރުކޮށް ގަވައިދާއި ހިލާފުވަމުން ދާކަމަށެވެ. އަދި ޕާޓީގެ މެމްބަރުންގެ ވޯޓާއި އެކު މަޖިލީހުގެ ރައީސަކަށް އައްޔަނު ކުރެވުނު ބޭފުޅަކު ޕާޓީން ވަކިވުމުން މަގާމުގައި ނުހުރެވޭނެކަމަށް އެމްޑީޕީގެ ޕީޖީން ބުންޏެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަަށް ފަހު އެމްޑީޕީން ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔައީ މައްސަލަހަތަށްޓަކައިކަމަށް ބުނިއިރު، އޭގެ ކުރިން މައްސަލަ އޮތީ ކުރިޔަށް ގެންދެވޭ ގޮތް ވެސް ނުވެފަ އެވެ. އަދި ދެވަނަ ބުރަށް ފަހު އަނެއްކާވެސް އަލުން މައްސަލަ ހުށަހެޅުމުން ރައީސް ނަޝީދުގެ މެމްބަރުން ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ. ސަރުކާރު ބަދަލުވުމާއި އެކު، އެމްޑީޕީން ބޭނުން ވަނީ މަޖިލީހުގެ 20 ވަނަ ދައުރު ފެށެން ދެން ރިޔާސަތުގެ ކޮންޓްރޯލް ނެގުމަށެވެ. މި މައްސަލައިގައި ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި އާޒިމް ވިދާޅުވީ ދައުލަތެއް ބެހިގެން ވަނީ ތިން ބާރެއްގެ މައްޗަށްކަމަށާއި، އޭގެ ތެރެއިން ރައްޔިތުންގެ މަޖިލީހަކީ ވެސް އެއްބާރު ކަމަށެވެ. ނަމަވެސް ދައުލަތުގެ ބާރު ލިބިގެންވާ މަގާމެއްގައި ހުންނަވާ ވެރިއަކާއި ދޭތެރޭ ކަންތައް ކުރައްވަނީ ބޮޑު ޖޯކެއްގެ ގޮތަށްކަމަށާއި، އެމްޑީޕީން އަމަލުކުރައް ވަނީ އެއްވެސް ވަރަކަށް ވިސްނުމެއް ފިކުރެއް ނެތް ގޮތަކަށް ކަމަށެވެ.

އެއް ހަފްތާ ފެންނަނީ ރައީސް ނަޝީދު ވަރަށް ރަނގަޅަށް. އަނެއް ހަފްތާ ފެންނަނީ ވަރަށް ގޯސްކޮށް މި ފެންނަނީ ބޮޑު ޖޯކެއް ގޮތަށް

މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށައެޅޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮއި ލިބިގެންނެވެ. މިހާރު މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުންނެވެ. އޭގެ ތެރެއިން 22 މެންބަރުންގެ ސޮޔާއި އެކު އަނެއްކާވެސް މަޖިލީހަށް ވަނީ އިތުބާރުނެތްކަމުގެ މައްސަލަ ހުށައަޅާފައެވެ. މަޖިލީހުގައި އެމްޑީޕީގެ 55 މެންބަރުން ތިއްބަވައެވެ.

އަނެއްކާވެސް ރައީސް ނަޝީދާއި ދެކޮޅަށް އިތުބާރު ނެތްކަމަށްލާފައިވާއިރު، އާޒިމް ވިދާޅުވީ މިހާރު އެއީ ކުޅޭ ކުޅިވަރަކަށް ހަދާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: