ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނުނާއި ހިލާފަށް ވަޒީފާއިން ވަކިކުރި ނަމަވެސް ބަދަލަކަށް ދައުވާއެއް ނުކުރަން: އަމީން

ކެޕްޓަން އަމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނާއި ހިލާފަށް ވަޒީފާއިން ވަކިކުރި ނަމަވެސް އެކަމުގެ ބަދަލަކަށް ދައުވާއެއް ނުކުރައްވާ ކަމަށް ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ 2023 ގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕްރޮގްރާމުގައި އަމީން ވިދާޅުވީ 2007 ވަނަ އަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭނާ އެ ވަޒީފާއަށް އައްޔަނުކުރެއްވި ކަމަށާއި އަދި އެ މަގާމުން ވަކިކުރެއްވީ ގާނޫނާއި ހިލާފަށް ކަމަށެވެ.

އެހެން ނަމަވެސް އެ ސަބަބުތަށް ބަޔާން ކުރެވެން ނެތްކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީހެއްގެ ވަޒީފާ އެއްވެސްހާލެއްގައި ބޭނުންވީމަ އެއްލައިލައިގެން ނުވާނެ ކަމަށެވެ.

ގައުމަކީ ވަކި މީހެއްގެ ތަނެއްނޫން ކަމަށާއި އަދި ކޯޓަށް މައްސަލަ ހުށައެޅިނަމަވެސް އެ މައްސަލައަކީ ގޮތް ނިންމުމަށް ވަރަށް ސާފު މައްސަލައެއްކަމަށް ފާހަކުރެއްވިއެވެ.

ކޯޓަށް މައްސަލަ ހުށައެޅުމުން ކޯޓުން ހުކުމްކޮށްފައިވަނީ އަމީންއަށް ބޮޑު އަދެއްގެ ފައިސާއިން ބަދަލުދިނުމަށް ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ދައުލަތާއި ދެކޮޅަށް ކުރެވޭނެ ގިނަކަންކަން ހުރިނަމަވެސް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށާއި އަދި ލޯޔަރުގެ ފީ ހޯދުމަށްވެސް އެއްވެސް ދައުވާއެއް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ވަޒީފާދޭ ދުވަހާއި ހިސާބަށް މުސާރަދިނުމަށާއި އަދި އަމީން ހުންނެވި މަގާމް ނުވަތަ އެއާ އެއްފެންވަރެއްގެ މަގާމެއް އިޔާދަކުރައްވަން ވެސް ކޯޓުން ހުކުމް ކުރިކަމަށް އަމީން ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދާއި ހަމައަށް އޭގެން އެއްވެސް ކަމެއްކޮށްފައި ނުވާކަމަށް އަމީންވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން އޭވިއޭޝަންގެ ކުރިއެރުމާއި ބޭހޭގޮތުން ސުވާލު ކުރެއްވުމުން އަމީން ވިދާޅުވީ އޭވިއޭޝަންގެ ދާއިރާއިން މޯލްޑިވިއަން އަށް ދުވަހަކުވެސް 2018 އާއި ހަމައަށް ގެއްލުންވެފައި ނުވާކަމަށެވެ. އަދި އެހާހަމައަށް އައިއިރު 1.63 ބިލިއަން ރެވެނިއު އެ ކުންފުންޏަށް ލިބިފައިވާކަމަށް ފާހަގަކުރައްވާ އަމީން ވިދާޅުވީ ސާފު ފައިދާގެ ގޮތުގައި ގާތްގަނޑަކަށް 125 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ވިދާޅުވިއެވެ. 2018 އާއި ހަމައަށް ކުންފުނި އައިއިރު ރާއްޖޭގެ އެތެރޭގެ އުދުހުންތަށް ވަރަށް ބޮޑަށް ފުޅާކުރެއްވި ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ނިޒާމު ކުރިއެރުވުމަށް ފުލައިޓުތަށް ޝެޑިއުލް ކުރިކަމަށާއި އަދި ސީޕްލޭން ވެސް ތައާރަފްކޮށްފައި އޭރުވެސްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން 10 ބޯޓު އޮވެ، 2018 ގައި 21 ކޮންޓްރެކްޓު އޮވެ ޗައިނާއަށް 7 އެއާރބަސް އޮޕަރޭޓްކުރަމުން ދިޔަކަމަށް ވިދާޅުވިއެވެ. އާމީން ވިދާާޅުވީ ރާއްޖޭގެ ނިސްބަތުން ބަލާނަމަ މޯލްޑިވިއަން ކުރިއަރައިގެން ދިޔައީ ރަނގަޅުމިންގަނޑެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް 2018 އިން ފެށިގެން އެއްކޮށް މިސްމެނޭޖް ކުރެވިފައިވާކަމަށްވެސް އަމީން ވިދާޅުވިއެވެ.

ވަރަށް ގަދަ
58%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: