އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި އެއަރޕޯޓުގެ ޕްލޭނިންއަށް ބަދަލުތަކެއް ގެންނަވާނެ ކަމަށާއި އެއަރޕޯޓުގެ ސައިޒާއި އަދި ރަންވޭގެ ސައިޒަށްވެސް ބަދަލު އަންނާނެ ކަމަށް ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ 2023ގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕްރޮގަރާމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މިހާރު ރާއްޖޭގައި ހުރި ކުންފުނިތަކާއި އަދި މި ހިސާބުގައިވާ ކުންފުނިތަކާއި އަޅާ ކިޔާލިނަމަވެސް ރާއްޖޭގެ ކުންފުނިތަށް ގޯސްނޫން ކަމަށް ވިދާޅުވިއެވެ. އަމީން ވިދާޅުވީ ރަންވޭ ހަލާކުވުމުން ރަންވޭ ހަލާކުވިނަމަވެސް ރާއްޖޭގައި އެމަސައްކަތްކުރަން ޖެހުނީ ހަނިމާދޫ އެއަރޕޯޓާއި އަދި ކައްދޫ އެއަރޕޯޓުގައި ކަމަށް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އެންމެ ގޯސް ހާލަތެއްގައި އޮތް އެއަރޕޯޓަކީ ކާޑެއްދޫ އެއަރޕޯޓު ކަމަށް ފާހަގަކޮށް އަމީން ވިދާޅުވީ އެ އެއަރޕޯޓަށް ހާއްސަ ސަމާލުކަމެއް ދީގެން އެތަން ރަނގަޅު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެހެން އެއާރޕޯޓަކީ މިންގަނޑަށް ފެތޭ ރަނގަޅު ބަލައިގަނެވޭ ފެނަވަރެއްގެ އެއަރޕޯޓުތަކެއް ކަމަށް ވިދާޅުވިއެވެ. އަދި މިތަނުގެ އެއަރޕޯޓުތަށް އޮޕަރޭޓް ކުރުމަށް ރަނގަޅު އެއަރޕޯޓު ތަކެއްކަމަށް އަމީން ވިދާޅުވިއެވެ.
މީގެއިތުރުން އިންތިހާބީ ރައީސް މުއިއްޒު އެކްސްޕެންޝަން އެއަރޕޯޓުތަކެއްގެ ވައުދު ވެވަޑައިގަންނަވާފައި ވާކަމަށް އަމީން ވިދާޅުވިއެވެ.
ރާއްޖޭގައި 4000 ފޫޓުގެ ރަންވޭއަކީ ޑޮމެސްޓިކް ފްލައިޓުތަކަށް އޮންނަ ރަންވޭކަމަށާއި އެހެން ނަމަވެސް ޑރ. މުއިއްޒުގެ ސަރުކާރެއްގައި އެއަށްވުރެ ރަންވޭތަށް ބޮޑުކޮށް ކުދި ޖެޓު ޖެއްސޭވަރަށް އެތަންތަން ބަދަލު ކުރާނެ ކަމަށް އަމީން ވިދާޅުވިއެވެ.

