އުރޫދޫއިން އެ ކުންފުނީގެ އެމްފައިސާ ހިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އުރޫދޫއިން އެ ކުންފުނީގެ އެމް ފައިސާ ކަސްޓަމަރުންނަށް ފަށާފައިވަނީ ކޭޝް ބެކް ޕްރޮމޯޝަންއެކެވެ. އެ ކުންފުނިން ހާމަކޮށްފައިވާގޮތުން މި ޕްރޮމޯޝަންއަކީ ކަނޑައެޅިފައިވާ ވަކި ދުވަސްތަކަކަށް ކުރިއަށް ގެންދާނެ ޕްރޮމޯޝަނެކެވެ. އެގޮތުން މި ޕްރޮމޯޝަން ކުރިއަށް ދާއިރު، އެމްފައިސާ ބޭނުންކޮށްގެން ވިޔަފާރިކުރައްވާ ކަސްޓަމަރުންނަށް ޕްރޮމޯޝަން ކުރިއަށްދާ އައުޓްލެޓުންތަކުން ގަންނަ ތަކެތީގެ ޖުމުލަ އަގުގެގެ ދިހަ އިންސައްތަ އަނބުރާ ލިބޭނެ ކަމަށް ބުނެފައިވެއެވެ. އެ ކުންފުނިން ބުނެފައިވާގޮތުން އަގުގެ 10 އިންސައްތަ ވަގުތުން ވަގުތަށް ކަސްޓަމަރުގެ އެމްފައިސާ ވޮލެޓަށް ޖަމާކުރާނެއެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އުރީދޫއިން ބުނެފައިވާގޮތުން މި ޕްރޮމޯޝަން މެދުވެރިކޮށް، އެމްފައިސާ ހިދުމަތުގެ ފައިދާތަކުގެ އިތުރުން އިނާމުތަކެއް ލިބުމުގެ ތަޖުރިބާވެސް ކުރެވިގެންދާނެއެވެ. އެ ކުންފުނިން ހާމަކޮށްފައިވާގޮތުން، މި ޕްރޮމޯޝަން ކުރިއަށް ދާ މަގުބޫލު ތަންތަނުގެ ތެރޭގައި، ދަ ބްލެކް ޕާލް ، މީޓް ސްޓްރީޓް، ގްލޯރިއާ ޖީންޒް އަދި ވީއާރް ކެފޭ ފަދަ ތަންތަން ހިމެނެއެވެ.

