ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހާއި މޯދީގެ ބެލުމުގެ ދަށުން ދެ ގައުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނު: ކިރަން ރިޖީޖޫ

ރައީސް ސާލިހު އިންޑިއާއިން ފޮނުވި މަންދޫބާއި ބައްދަލުކުރައްވަނީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އެގައުމުގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީގެ ބެއްލެވުމުގެ ދަށުން ރާއްޖެއާއި އިންޑިއާއިންވަނީ ބޮޑެތި ކުރިއެރުންތަކެއް ހާސިލުކޮށްފައިކަމަށް އިންތިހާބީ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން ހުންނެވި އެ ގައުމުގެ މަންދޫބުު މިނިސްޓަރ އޮފް އާތް ސައެންސަސް ކިރަން ރިޖީޖޫ ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދައުވަތަށް ވަޑައިގެންނެވި އިންޑިއާގެ މަންދޫބު ކިރަން ރިޖީޖޫވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ބައްދަލުކުރައްވާފައެވެ. އަދި އެއަށްފަހު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އޭނާވަނީ ރައީސް ސާލިހުގެ ސަރުކާރާއި އެ ގައުމުގެ ބޮޑުވަޒީރު މޯދީގެ ބީޖޭޕީ ސަރުކާރު ގުޅިގެން މި ދިޔަ އަހަރުތަކުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހާސިލުކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ މަންދޫބަށް އެއަރޕޯޓުން މަރުހަބާ ކިޔާފައިވަނީ ފޮރިން މިނިސްޓަްރީގެ އިސްވެރިނާއި އިންތިހާބީ ރައީސްގެ އޮފީހުގެ އޮފިޝަލުންނެވެ. އިންޑިއާގެ ހައި ކޮމިޝަނުންވެސް ވަނީ ސޯޝަލްމީޑިއާ މެދުވެރިކޮށް ކިރަން ރާއްޖެއަށް ވަޑައިގެންފައިވާކަން ފާހަގަކޮށް މަރުހަބާ ކިޔާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް އުންމީދުކުރާކަމަށްވެސް ބުނެފައިވެއެވެ.

އެ ގައުމުގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓްރީއިން ބުނާގޮތުން، ކިރަން ރިޖީޖޫ ފަދަ މިނިސްޓަރެއް އިންތިހާބީ ރައީސްގެ ހުވާކުރެއްވުުމުގެ ރަސްމިއްޔާތަށް ފޮނުވުމަށް ނިންމި ނިންމުމުން އިންޑިއާއިން ރާއްޖެއާއިއެކު ގުޅުންތައް އިތުރަށް ބަދަހިކުުރމަށް ދެމުންދާ އަހައްމިއްޔަތު ފެނިގެންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: