ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ އަމާޒަކީ 30 ދުވަހުގެ ތެރޭގައި ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށުން!

ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތާއި ގުޅުވައި އަޒުމަކީ ކުރިއަށް އޮތް 30 ދުވަސް ހަމަވުމުގެ ކުރިން ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާފަންނު ގަޑި ބުރު އަލުން ތަރައްގީކޮށް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ މާލޭ ސަރަހައްދުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރެއްވުމުގެ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު މަސައްކަތެއްކަމަށް އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަތަކެވެ.

އެގޮތުނަ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުއާއި ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ މި މަޝްރޫއު ނިމުމުން ހުޅުމާލޭގެ 2 ފިޔަވަހި އެއްކޮށްލުމުން ވާ ޖާގައިގެ ތިން ގުނަ ބޮޑު ޖާގައެއް ލިބިގެންދާނެކަމަށެވެ.

އެއީ ގާތްގަނޑަކަށް 1200 ހެކްޓަރު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި މަޝްރޫއު 8 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ 7 ސަރަހައްދެއްގައި އިންޓަގްރޭޓެޑް އާބަން ސެންޓަރުތައް ގާއިމުކުރުމާއި އެކު، ސަރަހައްދީ، ދެމެހެއްޓިނިވި ތަރައްގީ ގެނައުމުގެ ވިސްނުމުގައި މި ސަރުކާރުން މަސައްކަތްތައް ކުރިއަށްގެންދަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް ބައިވެެރިވި މި ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރުން މާލެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ޕާކިން ބިލްޑިންގ ހައްދަވާނެކަމަށާއި، މަގުތައް ވެސް ތަރައްގީ ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: