ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމްސްއަށް މާނިއު، ޕްރިޒަންސްސް ކޮމިޝަނަރަކަށް ޒަރީރު!

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށާއި ސަރުކާރުގެ އިސް މަޤާމުތަކަށް ބޭފުޅުން ޢައްޔަނުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށާއި، ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން ޢައްޔަންކުރައްވައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްފި އެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޢައްޔަނު ކުރައްވާފައި ވަނީ ގ. އަތަ، ޔޫސުފް މާނިއު މުހައްމަދެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޔޫސުފް މާނިއު މުހައްމަދު އަައްޔަނު ކުރެއްވި ކަމުގެ ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ހާޒިރުގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި، މާނިއު ‏ކުރެއްވިއެވެ.

‏މި މަގާމަށް މާނިއު ޢައްޔަނު ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގަ އެވެ.

މީގެ އިތުރުންވެސް ރައީސް މުއިއްޒު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް، ޅ. ހިންނަވަރު ބޮޑުފެންޑާގެ ޢަބްދުﷲ ނާޒިމް އިބްރާހީމް މިނިސްޓަރ ފެންވަރުގައި އައްޔަނު ކުރައްވާފައެވެ.

އަދި، ރައީސުލްޖުމްހުރިއްޔާ ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އިތުރު ހަތަރު ބޭފުޅަކު ޢައްޔަނުކުރައްވާފައެވެ.

އެބޭފުޅުންނަކީ:

  1. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް- މުޙައްމަދު ފަހުމީ ޙަސަން
  2. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން- އިބްރާހީމް ޢާމިރު
  3. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ސްޓޭޓް މިނިސްޓަރ- އަލްއުސްތާޛާ ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް
  4. ކޮމިޝަނަރ އޮފް ޕްރިޒަންސް- ޙަސަން ޒަރީރު އެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: