ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމާއިމެދު ވަކި ގޮތެއް ނިމިފައިނުވާކަން އިންޑިއާގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ހާމަކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުން، ރާއްޖޭގެ ރައީސްގެ މަގާމުގައި ހުންނެވި ޑރ މުހައްމަދު މުއިއްޒު މަސައްކަތްކުރައްވަމުންދަނީ ރާއްޖޭގައި ތިބި ސިފައިން ބޭލުމަށެވެ. އެހެންނަމަވެސް އެކަމާއިމެދު ސުވާލު ކުރުމުން އަދި ކުރިއެރުންތަކެއް އައިސްފައިނުވާކަން އެ ގައުމުގެ އަސްކަރިއްޔާގެ ނޭވީ ޗީފް އެޑްމިރަލް ހަރީ ކުމާރު ވަނީ ހާމަކުރައްވާފައެވެ.
އެގޮތުން އެމްއެންޑީއެފް އާއި އިންޑިއާގެ އަސްކަރިއްޔާއާއި ދެމެދު ގާތް ވަރުގަދަ ގުޅުންތަކެއް ބިނާކުރެވިފައިވާކަމަށާއި ކުރަމުންދާ މަސައްކަތްތަކަށް ހުއްޓުމެއްވެސް އައިސްފައިނުވާކަމަށް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ އާއިއެކު ރަނގަޅު ގުޅުންތަކެއް އޮންނަކަމަށާއި އަސްކަރީ ބައެއް ވަސީލަތްތައް ރާއްޖެއަށް ފޮނުވާފައިވާއިރު، ވޭތުވެދިޔަ ފަސް އަހަރު ދުވަހު އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުވާފައިވާކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، 500 އަށްވުރެ ގިނަ ސިއްހީ ކުއްލި ހާލަތުގައި އެ ގައުމުން ރާއްޖެއާއިއެކު ހަރަކާތްތެރިވެފައިވާނެކަމަށާާއި އެކަމުގެ ސަބަބުން ފުރާނަތަކެއް ސަލަމާތްވެފައިވާކަމަށެވެ.
އޭނާ ވިދާޅުވީ، އިންޑިއާއިންދަނީ ރާއްޖޭގެ ސަރަހައްދި އިމުގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންކަމަށާއި ތަމްރީނު ދިނުން ފަދަ ކަންކަމުގައި ގާތުން މަސައްކަތްކުރެވެމުންދާކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަަދުތައް މަދުކުރުމާއިމެދު ގޮތް ނިންމާނީ ދެ ގައުމުގެ ސަރުކާރުންކަމަށާއި އަސްކަރިއްޔާއިން އެ އޯޑަރުތަކަށް ބޯލަނބާނެކަމަށެވެ.


2 Responses
އިންޑިޔާ އައުޓް
ވަގުޞޯލިޙު ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ އިންޑިއާ ސިފައިންގެ ބައިގަނޑު ބޭލުން ނޫންގޮތެއް ނެތުމުން އެއޮތީ ގޮތް ނިންމިފަ. ދެންއޮތީ އެއްވެސް ޝަރުތަކާ ނުލާ ފޭބުން. އެހެން އެއްވެސް ގޮތެއް ނޯންނާނެ.