ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންޑް ބާބިއުޑާގެ ބޮޑުވަޒީރާއިއެކު، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި

ކޮޕް28ގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ، އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ކޮޕް28 ކޮންފަރެންސްގެ ހަވާސާގައި، އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާ ބައްދަލުކުރައްވައިފިއެވެ.

ރައީސް ޑރ މުއިއްޒު އާއި ބޮޑުވަޒީރުގެ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލައްވާފައިވަނީ، ތަރައްޤީވަމުންދާ ކުދި ޖަޒީރާ ޤައުމުތަކުން އިސްކަންދޭ ދާއިރާތައް ކަމަށްވާ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމުގެ ދާއިރާއިން އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުންނެވެ.

މި ބައްދަލުކުރެއްވުމުގައި ބޮޑުވަޒީރު ގެސްޓޮން ބްރައުން ވަނީ، 2024 ވަނަ އަހަރުގެ މެއި މަހު އެންޓިގުއާ އެންޑް ބާބިއުޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ 4 ވަނަ ކޮންފަރެންސް އޮފް ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ މުއިއްޒުއަށް ދަޢުވަތު ދެއްވާފައެވެ.

ދެ ބޭފުޅުން މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެޤައުމުގެ ދެމެދުގައި އިތުރަށް އެއްބާރުލުން އިތުރުކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ.

ދިވެހިރާއްޖެ އާއި އެންޓިގުއާ އެންޑް ބާބިއުޑާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވުނީ 2002 ވަނަ އަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: