ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޖުވަދު ވެސް 2024 ގެ މަޖިލިސް ރޭހަށް!

އަޖުވަދު ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕާއިއެކު: ފޮޓޯ/ އަޖުވަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފިނޭންސް މިނިސްޓްރީގެ ކުރީގެ ޓެކްނިކަލް ކޯޑިނޭޓަރު އަހުމަދު އަޖުވަދު ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ޓިކެޓު ހޯދުމަށްޓަކައި ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށައަޅުއްވައިފިއެވެ.

2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށްޓަކައި ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ބައިވެރިވެވަޑައިގަތުމަށް އަޖުވަދު ފޯމު ހުށައެޅުއްވީ ޕީއެންސީގެ އޮފީހަށެވެ. އޭނާ ފޯމު ހުށައެޅުވުމަށް ވަޑައިގަތްއިރު، އޭނާއާއިއެކު އެ ދާއިރާގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވެ ތާއީދު އޮތްކަން ހާމަކޮށްފައިވާކަން ފާހަގަކުރެވެއެވެ. އަޖުވަދު ފޯމާއި ހަވާލުވެވަޑައިގަތީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއެވެ.

ޕީއެންސީ ޕީޕީއެމްގެ ފަރާތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވުމަށް މަސައްކަތްތައް ފައްޓަވާފައިވާ އަޖުވަދަކީ ޕާޓީ މަގުމަތީގައި ހޭދަކުރި ދުވަސްތަކުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރެއްވުމުގެ މަސައްކަތްތައް ކުރައްވާފައިވާ މީހެކެވެ. އަދި އޭނާވަނީ ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް ކުރެވުނު މަސައްކަތްތަކުގައި ވެސް ޝާމިލުވެވަޑައިގެންފައިކަމަށްވާއިރު ފިނޭންސް މިނިސްޓްރީގެ ޓެކްނިކަލް ކޯޑިނޭޓަރުގެ މަގާމުގައި ހުންނެވިއިރުވެސް ޕާޓީއަށް ހިދުމަތްކުރައްވާ ލީޑަރޝިޕަށް ފުރިހަމައަށް އެއްބާރުލުން ދެއްވާފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: