ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީއާ ގުޅުނީ ރައްޔިތުންނަށް ހިދުމަތްކުރަން: ނިހާދު

ފޭދޫ ދާއިރާގެ މެމްބަރު މުހައްަމަދު ނިހާދު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއާ ގުޅިވަޑައިގަތީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނެވުމަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 13 މެމްބަރުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ވަނީ ޕީއެންސީ އަށް ސޮއިކުރައްވައިފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އެންމެ ބޮޑަށް ދިފާއު ކުރެއްވި މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.

އައު އަހަރު ދުވަހުގެ ތަހުނިޔާ ފޮނުއްވައި ނިހާދު ”އެކްސް“ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއަކީ ރައްޔިތުންގެ ބޭފުޅެއް ކަމަށެވެ. އަދި ގިނަ ރައްޔިތުން އެދެނީ އެ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނެވުމަށް ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އާއި ގުޅިވަޑައިގެންފައިވާކަމަށް ނިހާދު ވިދާޅުވިއެވެ.

އެމްޑީޕީގެ 13 މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަތުމާ އެކު މަޖިލިހުގެ މައިނޯރިޓީ ޕާޓީ އަށް ވާނީ ޕީއެންސީއެވެ. މި ބަދަލާ އެކު، މަޖިލިހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންގެ އަދަދު 43 އަށް ވަނީ ދަށްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: