ދައުލަތުގެ ހިއްސާ އޮންނަ ބައެއް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް ގެނެސް އައު ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.
މިއީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރޭޓް ކުރުމާއި މޮނިޓަރ ކުރުމާއި އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން ގެނައި ބަދަލު ތަކެކެވެ. މިކަން ހާމަކޮށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން ބުނި ގޮތުގައި 8 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައިވެއެވެ.
އެ ބޯޑުން ބަދަލު ގެނައި ކުންފުނިތަކަކީ:
- ޕަބްލިކް ސާވިސް މީޑިއާ
- އައިލެންޑް އޭވިއޭޝަން ސާވިސަސް
- އާސަންދަ ކޮމްޕެނީ ލިމިޓެޑް
- ފަހި ދިރިއުޅުން ކޯޕަރޭޝަން
- މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން
- މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
- މޯލްޑިވްސް އިސްލާމިކް ބޭންކް
- ދިވެހި ރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް

