ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޯމު ހުށަހެޅި ހުރިހާ ކެންޑިޑޭޓުންނަށް ޕީޕީއެމް/ޕީއެންސީ ޕްރައިމެރީގައި ވާދަކުރެވޭ ގޮތަށް ރައީސް ނިންމަވައިފި

ޕީޕީއެމް/ޕީއެންސީ ސެނެޓު ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީއަށް އެކަށީގެންވާ ހިދުމަތްތަކެއް ނުކުރާތީ އާއި، ޕްރައިމެރީގައި ވާދަކުރުމަށް ކަނޑައެޅި ބައެއް މުހިންމު ޝަރުތުތައް ފުރިހަމަ ނުވާތީ ބައެއް ކެންޑިޑޭޓުންގެ ފޯމުތައް ބަލައިނުގަތުމަށް ނިންމި ނިންމުން އަނބުރާ ގެންދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކޮންގްރެސް ކޯލިޝަނުގެ ޕާޓީއަށް އެދި ގިނަ ބަޔަކު ފޯމު ހުށަހެޅި އެވެ. އެކަމަކު ބައެއް ޝަރުތުތަކެއްގެ ސަބަބުން، ކެންޑިޑޭޓުންގެ ފޯމުތައް ބަލައިގަނެވެން ނެތްކަމަށް ނިންމައި އެކަން ރަސްމީކޮށް ރޭގެ ވަގުތެއްގައި އެންގި އެވެ. އޭގެ ސަބަބުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ ޕްރައިމެރީގައި ވާދަކުރުމަށް ނަން ހުށަހެޅުއްވި ބައެއް ފަރާތްތަކަށް ވާދަ ނުކުރެވޭނެކަމަށް ނިންމުމުން ގިނަ ޝަކުވާތަކެއް ލިބުނުކަމަށެވެ. އަދި އެއަށް ރިއާޔަތް ކުރުމަށް ފަހު ޕްރައިމެރީގައި ވާދަކުރުމަށް ނަން ހުށެހެޅި ހުރިހާ ކެންޑިޑޭޓުންނަށް ވެސް ވާދަކުރެވޭ ގޮތަށް އުސޫލަށް ބަދަލު ގެނައުމަށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުއިއްޒު ނިންމަވާފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތިންބައިކުޅަ، ދެބައި ގޮނޑިތައް ކާމިޔާބު ކުރެވޭނެކަމުގެ އުންމީދު އެބައޮތްކަމަށް ރައީސް ވިދާޅުވެފައި ވެއެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހަށް އިންތިހާބުވުމަށް ބޭނުން ވަނީ ތައުލީމީ ގޮތުން ގާބިލު ޒުވާން މޫނުތަކެއް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް މަޖިލީހުގައި ސަރުކާރުގެ މެމްބަރުން ތިބުން މުހިންމުކަން ފާހަގަކުރައްވާފައި ވެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ގިނަ އަންހެނުން ކުރިމަތިލުމަށާއި، އެކަމަށް ހިތްވަރުދެއްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވީހާވެސް ގިނަ އަންހެނުން ހޮވުމަށް އެދޭ ކަމަށެވެ. އަދި ޕީޕިއެމް/ޕީއެންސީން މަދުވެގެން 20 އިންސައްތަ ގޮނޑިއަށް ކުރިމަތިލައި އިންތިހާބުވުމަށް އެދޭކަމަށް ވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
22%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 78%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: