ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެޑިސިން ޕޮލިސީގެ މަގްސަދަކީ ފެންވަރު ރަނގަޅު ބޭސް ރާއްޖެ އެތެރެކުރުން: ހެލްތު މިނިސްޓަރ

ނެޝެނަލް މެޑިސިން ޕޮލިސީ ތައާރަފް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ: ހެލްތް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ތައާރަފް ކުރި މެޑިސިން ޕޮލިސީގެ މަގްސަދަކީ ފެންވަރު ރަނގަޅު، އަވަހަށް ފަރުވާ ލިބޭ، ރައްކާތެރި އަދި ރަނގަޅު ބޭސް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް މިނިސްޓަރ އޮފް ހެލްތު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ނެޝެނަލް މެޑިސިން ޕޮލިސީ އާއްމު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ހަލީލް ވިދާޅުވީ މި ޕޮލިސީގެ ސަބަބުން ރާއްޖެއަށް ރައްކާތެރި ބޭސް އެތެރެ ކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލެވިގެން ދާނެ ކަމަށެވެ. ހަލީލް ވިދާޅުވީ ބޭސް އުފައްދާ ކުންފުނިތަކުން ރާއްޖެ ފަދަ ގައުމުތަކަށް ބޭސް ފޯރު ކޮށްދިނުމުގައި މާބޮޑު ޝައުގުވެރިކަމެއް ނުގެންގުޅުއްވާ ކަމަށެވެ.

ކަންމަތީގައި ހުންނަ ފިހާރަތަކުން ބޭސް ގަނެ ރާއްޖެ އެތެރެ ކުރުމުގެ ނަތީޖާއަކަށް ވެގެންދަނީ ބޭހުގެ އަގު ބޮޑު ވުމާއި އަދި ބޭސް ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށްޓަކައި ބޭނުންވާ ލިޔެކިއުންތައް ރާއްޖޭގެ ކަމާބެހޭ އިދާރާތަކަށް ނުލިބުންކަމަށް ހަލީލް ވިދާޅުވިއެވެ.

ބައްޔަކީ ހީނުކުރާ ވަގުތު ހީނުކުރާ ހާލަތުގައި ބައްދަލު ކުރާ ކަމެއްގެ ގޮތުގައި ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ގައިން ގައިން އަރާ ބައްޔާ ނާރާ ބަލި ހިމެނޭ އިރު އެ ބަލި ތަކަށް ފަރުވާ ހޯދަނީ މާކެޓުގައި ލިބެންހުންނަ އެކި ފެންވަރުގެ ބޭސް ބޭނުންކޮށްގެން ކަމަށެވެ.

އެހެންވެ ބޭސް ގަންނަން ޖެހެނީ ކަންމަތީގައި ހުންނަ ފިހާރައަކުން. އެތަންތަނުން ގަނެގެން ބޭސް ރާއްޖެ އެތެރެ ކުރަން މި ޖެހެނީ

ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ މެޑިސިން ޕޮލިސީއަކީ 2006 ވަނަ އަހަރު ވުޖޫކުރި ޕޮލިސީއެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ހަލީލް ވިދާޅުވީ ޕިލޮސީއެއްވިއަސް، ގާނޫނެއް ނުވަތަ ގަވައިދެއް ވިއަސް، އެފަދަ ކޮންމެ އެއްޗަކީ ދުނިޔެއަށް އަންނަ ބަދަލުތަކާއި ނުވަތަ އެ ހަލަތަކާއި ގުޅިގެން ބަދަލުވާން ޖެހޭ އެއްޗެސް ކަމަށެވެ.

ރާއްޖެއަށް މިއަދު ތައާރަފް ކުރި މެޑިސިން ޕޮލިސީއިން ގިނަ ކަންކަން ހާސިލް ކުރެވޭނެ ކަމަށް އިހްސާން ވިދާޅުވިއެވެ. އޭގެތެރެއިން އެއްކަމަކީ ފެންވަރު ރަނގަޅު ބޭސް ރާއްޖެ ގެނެސް ބޭނުން ކުރެވޭނެ ކަމުގެ ޔަގީންކަން އެ ޕޮލިސީއާއި އެކު ކަށަވަރުވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ބާޒާރުގައި ހުރި ބައެއް ބޭސްތަކުން އެލިބޭ ފަރުވާ ނުވަތަ އޭގެ އެފިކަސީ ދަށްކަމަށް ހުރީ ފާހަގަވެފައި

ހަލީލް ވިދާޅުވީ ރާއްޖެއިން ފެންވަރު ރަނގަޅު ބޭސް ނުލިބުމުގެ ޝަކުވާ ބަލި މީހުން އަބަދުވެސް ކުރާކަމަށެވެ. އަދި ފެންވަރު ރަނގަޅު ބޭސް ރާއްޖެއިން ނުލިބޭ ގިނަ ސަބަބުތަކެއް ހުރި ކަމަށް ފާހަގަކުރައްވައި ހަލީލް ވިދާޅުވީ އަލަށް ތައާރަފް ކުރި މެޑިސިން ޕޮލިސީ ފެންވަރު ރަނގަޅު ބޭސް ލިބޭނެ ކަމުގެ ނުވަތަ ހޯދޭނެ މަގުތަށް ކަށަވަރު ކޮށްދޭކަމަށެވެ.

ރާއްޖެއަށް ކޮލިޓީ ރަނގަޅު ބޭސް ގެނައުމުގެ ގޮތުން ކުރީ ސަރުކާރުން މެކްސިމަމް ރީޓެއިލް ޕްރައިޒް (އެމްއާރުޕީ) ތައާރަފުކޮށް ތަންފީޒު ކުރުމަށް މަސައްކަތް ކުރި އެވެ. އެކަމަކު ތަފާތު އެކި ތާރީހުތައް ދީގެން ވެސް، އަދި މިހާތަނަށް އެ ނިންމުން ތަންފީޒު ނުކުރެވެ އެވެ. އެމްއާރުޕީ ކަނޑައެޅުމަށް އޭރު ކުރި މަސައްކަތްތަކުގައި ބައެއް ބޭސް ފިހާރަތަކުގައި ކޮލިޓީ ދަށް ބޭސްތައް ހުރިކަމާއި އެކި އަގުތަކުގައި ބޭސް ވިއްކަމުން ގެންދިޔަކަން ވަނީ ފާހަގަކުރެވިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: