ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް ފައިސާ ނުދޭ ވާހަކަ ދައްކާއިރު، އެމްޑީޕީ ސަރުކާރުގައި 9،000 މިލިއަން ރުފިޔާގެ ބިލު ނުދައްކާ އޮތް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ގއ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ރައްޔިތުންނަށް ދޭން ޖެހޭ ފައިސާ ނުދޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑިކިޔަމުންދާއިރު އެމްޑީޕީގެ ވެރިކަމުގައި 9،000 މިލިއަން ރުފިޔާގެ ބިލު ނުދައްކާ އޮތްކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގދ ވިލިނގިލީގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ އެމަނިކުފާނަށް ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެ ރަށުގެ ރައްޔިތުން ކުރި އިތުބާރަށް ޝުކުރު ދަންނަވާފައެވެ. އެ އިތުބާރު ދަމަހައްޓާ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގއ ވިލިގިނލީގައި ސޮއި ކުރި މަޝްރޫއުތައްކަމަށްވާ ބިން އިތުރުކުރުމާއި، އިންޓަނޭޝަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އާއި ފަތުރުވެރިކަމުގެ މަޝްރޫއުތަކަށްފަހު ރައްޔިތުން ބޭނުންވާ އިގްތިސާދީ ފުދުންތެރިކަން ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރަށު ބަނދަރުގެ މަޝްރޫއާއި، ހޮސްޕިޓަލްގެ މަސައްކަތްވެސް މި ދައުރުގެ ތެރޭގައި ކޮށް ނިންމަދޭނެކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

ހުރިހާ ރައްޔިތުންނަށް ކަންތައްތައް ކޮށްދެއްވާނީ ހަމަހަމަ އުސޫލުންކަމަށް ފާހަގަކޮށް ރައީސް މުއިއްޒު ވިދާޅުވީ ކުޑަ ރަށުގެ ރައްޔިތުންނަށްވެސް ބޮޑު ރަށުގެ ރައްޔިތުންނަށް ކޮށްދޭ ކަންކަން ކޮށްދެއްވާނެކަމަށެވެ. އަދި ސަރަހައްދީ ތަރައްގީވެސް ގެނެސްދެއްވާނެކަމަށް ވިދާޅުވިއެވެ. އޭރަށް ކުދި ރަށް ރަށުގެ ރައްޔިތުން އަމިއްލައަށް އެފަދަ ސަރަހައްދުތަކަށް ދިރިއުޅުން ބަދަލުކޮށް، ވަޒަންވެރިވާނެކަމަށް ވިދާޅުވިއެވެ.

މިގޮތަށް ޖިއޮގްރަޕިކަލީ ބެހިފަ، އޮތް ރަށްތަކެއް އޮތް ގައުމަކަށް ވާއިރުގައި، ދުރު ރާސްތާގައި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީވާނީ އެގޮތުން ކަމުގައިވާތީ، އެއީ އޭގެ ޒާތުގައި އެކަން ދާނެ ގޮތް.

ރައީސް ވިދާޅުވިއެވެ.

ސަރަހައްދީ ތަރައްގީ ގެންނާނީ 20 އަހަރުގެ ޕްލޭންގެ ދަށުން މަޝްވަރާ ހޯދައިގެންކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، އެމަނިކުފާނު ދެއްކެވި އެއްވެސް ވާހަކައެއް ހަނދާން ނައްތާ ނުލާނެ ކަމަށެވެ. އެގޮތުން އެކަންކަން ބެލުމަށްޓަކައި އެމަނިކުފާނު ދެއްކެވި ވާހަކަތަކާއި، ވީ ވައުދުތައް ހިމެނޭހެން ފޮތެއް ތައްޔާރުކޮށްފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ދަރަންޏާއި ބެހޭ ގޮތުންވެސް ވާހަކަދައްކަވާފައެވެ. ވެރިކަމާއި ހަވާލުވީއިރުވެސް ގައުމު އޮތީ ދަރަނީގެ އަނދަވަޅެއްގައިކަން ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ދައުލަތުގެ ފައިސާ އެކި ނަން ނަމުގައި އެކި މީހުންނަށް ބަހާލާފައިވާކަމަށެވެ. އެގޮތުން އެއްވެސް އަސާސެއް ނެތް ކޮމިޓިއެއް އުފައްދަވައިގެން ބަދަލު ދިނުމުގެ ނަމުގައިވެސް އެތައް ބަޔަކަށް ފައިސާ ދީފައިވާކަމަށް ވިދާޅުވިއެވެ. މިހާރު މި ސަރުކާރުން ވަނީ ސެޓްލްމެންޓް ކޮމިޓީ އުފާލާފައިކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސޮވްރިން ޑިވެލޮޕްމެންޓު ފަންޑޫގައި ހުރި ޑޮލަރުވެސް ބޭނުންކޮށްފައިވާކަމަށް ރައިސް މުއިއްޒު ވިދާޅުވިއެވެ. މިއީ ގާނޫނުން ހިމާޔާތް ލިބިދޭ ފަންޑަކަށް ހައްދަވާނެކަމަށާއި، މި މަސައްކަތަށް މަޖިލީހުން އެއްބާރުލުން ދެއްވާނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު އެދިވަޑައިގެންނެވީ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރެވޭނެ މެންބަރުން މަޖިލީހަށް އިންތިހާބުކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: