ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާދަމާ ރާއްޖޭގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާނެ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާރިޗު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދެއްވަން ފަށްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރޭ ނ. މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަސައްކަތް މާރިޗުމަހު ފަށަނީ ޑޭޝް އަށެއްގެ މަތިންދާބޯޓެއް ބޭނުން ކޮށްގެންނާއި ސީޕްލޭނެއް ބޭނުންކޮށްގެން، އެ ބޯޓުތަކުގެ އެތެރެއަށް އެކަށޭނަ ބަދަލުތައް ގެނެސްގެންކަމުގައެވެ. އަދި މިއީ ރާއްޖޭގައި މިދާއިރާގެ އަމިއްލަ ޤާބިލުކަން އުފެދިގެންދިއުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޑޭޝް އަށެއްގެ މަތިންދާބޯޓެއްގައި މި ޚިދުމަތް ފެށުމުން ރާއްޖޭގެ ކޮންމެ އެއަރޕޯޓަކުންވެސް ކުއްލި ހާލަތުގައި ފަރުވާ ދިނުމަށް ބަލި މީހުން އުފުލޭނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި އަވަށްޓެރި ސްރީލަންކާއާ ހަމައަށް އަދި އެތަނުން އެހެން މަންޒިލުތަކަށް ވެސް ދަތުރުކުރުމަށް މަގުފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސީޕްލޭނެއްވެސް މި ޚިދުމަތް ދިނުމަށް ބޭނުންކުރާތީ އެއަރޕޯޓް ނެތް ރަށްރަށުންވެސް ބަލިމީހުން އުފުލޭގޮތް ވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އަމިއްލަ ޤާބިލުކަން އުފައްދައިގެން އެއަރ އެމްބިއުލާސްގެ ގެ ޚިދުމަތް ފަށާއިރު އަންނަ މަހުގެ ތެރޭގައި ރާއްޖޭގައި އަމިއްލަ ޤާބިލުކަމާއެކު ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތްވެސް ފަށްޓަވާނެކަމުގައި ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖޭގައި މި ޤާބިލުކަންވެސް އުފެއްދުމާއި އަދި ފުރިހަމަ މާނައިގައި ދިވެހިންގެ މިނިވަންކަން ހޯދައިދިނުމަށް ކުރެވޭ މަސައްކަތެއް ކަމުގައެވެ.
ރައީސްގެ ވާހަކަފުޅުގައި އާރު.ޓީ.އެލް ފެރީގެ ޚިދުމަތް ނ. އަތޮޅުގައި ރަނގަޅު ފެންވަރުގައި ފަށައިދެއްވާނެކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މަނަދޫއަށް މަދުވެގެން 300 ހައުސިންގ ބޭނުންވާކަމަށާ އަދި ސްޕޯޓް ކޮމްޕްލެކްސްއެއް ޤާއިމުކުރުމާއި މަގުހެދުމާއި އެނޫންވެސް މަނަދޫގެ ތަރައްޤީއަށް ކުރަންހުރި ކަންކަމާއި ކުރަން ވަޢުދުވެޑައިގެންނެވި ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: