ގައުމު ބިނާ ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ، ވަރުބަލިކަމެއް ނެތި ހިދުމަތުގައި ތިބޭ މަސައްކަތްތެރިންކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މޭއި 1 ވަނަ ދުވަހު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި އާދަމް ޝަރީފް ވިދާޅުވީ، މަސައްކަތްތެރިންގެ ހިދުމަތާއި، ހިތްވަރުގެ އަގުވަޒަން ކުރުން މުހިންމުކަމަށެވެ. ހާއްސަކޮށް ކުރާ މަސައްކަތަށް ހަމަހަމަ އުޖޫރައާއި އިނާޔަތްތައް ގަވައިދުން ލިބެމުން ދާކަން ކަށަވަރު ކުރުމަށް ގޮވާލެއްވި އެވެ.
މިނިސްޓަރ ވިދާޅުވީ މަސައްކަތްތެރިންނަށް ވެސް ދޭން ޖެހޭ ހިދުމަތްތަކެއް ހުންނާނެކަމަށާއި، މަސައްކަތުގެ މާހައުލުގައި އެ ބަޔަކަށް ލިބެން ޖެހޭ ހައްގުތައް ފޯރުކޮށް ދީގެން ކުރިޔަށް ދާ މުޖްތަމައުއަކަށް ވާން ޖެހޭކަމަށެވެ. އަދި އެ މީހުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ފޯރުކޮށް ދެވޭތޯ ކަށަވަރު ކުރުމަށް އެދިވަޑައިގަތެވެ.
Today we honour the the dedication, resilience, and hard work of every individual that contributes to the strength and prosperity of our nation.
Let us unite in acknowledging that safe working conditions, fair and timely wages are not just responsibilities but commitments to the… pic.twitter.com/GGNwGcnJFl
— Adam Shareef Umar (@Adamshareefz) May 1, 2024
މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިއަދު ހިތޯބެއް ފޮނުއްވި އެވެ. އެގޮތުން އެމަނިކުފާނު ވަނީ ސަރުކާރުގެ އެކި ހިދުމަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ، އިނާޔަތްތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރައްވާފަ އެވެ. އަދި އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމުގެ ފުރުސަތު ދިވެހީންނަށް އިތުރަށް ފަހިކޮށްދެއްވުމަށްޓަކައި، ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާ ނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ކަނޑައަޅާފައިވާނެކަމަށް ވިދާޅުވި އެވެ.

