ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލާއިމެދު ގޮތެއް ނިންމަން ސަރުކާރުން ފަސްޖެހޭ: ބިގޭ

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލު ފަތުރުވެރިން ރާއްޖެ އައުން ހުއްޓުވައި ދިނުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިހުން އެދިފައިވީނަމަވެސް އަދިވެސް އެކަން ކުރެވިފައިނުވާކަމަށާއި ފެންނަމުންދަނީ އެކަން ކުރުމަށް ސަރުކާރު ފަސްޖެހިފައިވާ މަންޒަރުކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ ސިފައިން ރަފާއަށް އެރުން ހުއްޓާލުމަށް ދިވެހި ސަރުކާރަށް ކުރެވެން ހުރި ކަންކަން ކުރުމަށް ގޮވާލައި މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައިގައި ވާހަކަދައްކަވަމުން މެމްބަރު ރަޝީދުވަނީ ދިގު ދެމިގެން އައިސްފައިވާ މައްސަލައަށް އަދިވެސް ހައްލެއް ލިބިފައިނުވާކަމަށް އިޝާރާތްކުރައްވާފައެވެ. އޭނާ ވިދާޅުވީ އެކަން އެގޮތަށް ވެގެން އަންނަނީ ދުނިޔޭގެ ބާރުގަދަ ގައުމުތަކުން އެކަން ކުރުވަން ބޭނުންވާތީކަމަށާއި މައްސަލަ ދިގުދެމި އެތައް ބަޔަކު މަރުވަމުންދާއިރު ނިމުމަކަށް އައިސްފައިނުވަނީ ވީޓޯކުރުން ނުވަތަ ނިންމުންތައް ފުރޮޅާލުމުގެ ބާރު ލިބިފައިވާ ގައުމުތަކުން އެކަމަށް ޖާގަ ދޭތީކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިކަމުގައި ބާރުގަދަ ގައުމުތަކުގެ އަޅުވެތިކަމުގައި ތިބި މަދަދުވެރިކަން ހޯދަންޖެހޭ ގައުމުތަކުން ހިތާ ދެކޮޅަށް ނަމަވެސް ތާއީދުކުރަމުންދާކަމަށާއި ދިވެހިރާއްޖެއަށްވެސް ކުރެވޭ ކަމަކީ އެކަން ކުށްވެރިކުރުންކަމަށްވާއިރު، އިތުރަށް ކުރެވޭ މާ ބޮޑު ކަމެއް ނޯންނަ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރަޝީދު ވިދާޅުވީ، މީގެ ކުރިން ފަލަސްތީނުގެ ގޮތުގައި އޮތް ބިމުން ފަހަރަކު ތަންކޮޅެއް ނަގަމުން ނަގަމުން އައިސް މިހާރު ކުޑަ ކުޑަ ތަންކޮޅަކަށް ވެފައިވާކަމަށެވެ. އެގޮތުން ކުރިން ފަލަސްތީނުގެ ބިން އަތް ތިލައަކުން ރަމްޒުކޮށްދޭނަމަ މިހާރު އިސްރާއީލުން ނަގާފައިނުވާ ސަރަހައްދަކީ އަތު ބޮޑުވައި އިނގިލީގެ ސައިޒު ތަންކޮޅެއްކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެގޮތުގެ މަތިން ކަންކަން ހިނގާފައިވަނީ ފަލަސްތީނު ނައްތާލައި ފޮހެލުމަށްޓަކައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގައި އަޅުވެތިވެ އެހެން ގައުމުތަކުން ބައިވެރިވަމުންދާކަމަށްވުމުންނާއި ބަސްބުނަން ނުކެރޭކަމަށްވުމުންކަމަށް ގަަބޫލުކުރައްވާކަމަށެވެ. ރަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ވެރިކަމަށް އަންނަ ސަރުކާރުތަކަށްވެސް ކުށްވެރި ކުރުމުގެ އިތުރުން ކުރެވޭނެ ކަމެއް ނޯންނަކަމަށެވެ. ނުވަތަ ކަމެއް ކުރާ ތަނެއްވެސް ނުފެންނަކަމަށާއި މާލީ އެހީ ދިނުން ނޫނީ އިތުރުކަމެއް ކުރެވިފައި ނެތްކަމަށް ހިއްސާކުރެއްވިއެވެ.

ރަޝީދު ވިދާޅުވީ، އިސްރާއީލުގެ ފަތުރުވެރިން ރާއްޖެއަށް އެތެރެވުން ހުއްޓުވައިދިނުމަށް ރައީސް މުއިއްޒުގެ ކިބައިން މީގެ ކުރިން ރައްޔިތުން އެދިފައިވާކަމަށެވެ. އެހެންނަމަވެސް އެންމެ ފަހުން ރައީސް އޮފީހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަދިވެސް އެކަން ފުރިހަމަކޮށްދެއްވާފައިނުވާކަން ހާމަވެގޮސްފައިވާކަމަށާއި ފެންނަމުންދަނީ އެ ފިޔަވަޅު ނެގުމަށް ފަސްޖެހޭ މަންޒަރުކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިވެހިރާއްޖެއިންވެސް މި ތިބެންޖެހެނީ އެހެން ފަރާތްތަކުގެ މަދަދުވެރިން ހޯދަން ޖެހި އަޅުވެތިވެފައިކަމަށާއި އިގްތިސާދީ މަސައްކަތްތަކުގެ އިތުރުން އެހީތެރިކަން ހޯދުމުގައިވެސް އެކަން ފެނިގެންދާކަމަށް ހިއްސާކުރެއްވިއެވެ. މެމްބަރު ރަޝީދު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށްވެސް ދިވެހިރާއްޖެއިން ފަސް ނުޖެހުމަށް ސަރުކާރުގައި އެދިވަޑައިގަންނަވާކަމަށާއި އެކަމަށް ހުރަސްއަޅާ ބާރުވެރި ގައުމުތަކާއި ދެކޮޅަށް ބަސްބުނެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކެރުން އިތުރުކުރުމަށް އެދިވަޑައިގަންނަވާކަމަށްވެސް އެދިވަޑައިގަންނަވާކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ބާރުވެރި ގައުމުތަކުން މި ޖަރީމާ ހުއްޓުވުމަށް ދެކޮޅު ހަދާ ހެދުމަށް ބަސް ބުނުމުގެ އިތުރުންވެސް ރާއްޖޭގެ ސަރުކާރުގެ ތެރެއިން އެޅޭނެ ފިޔަވަޅުތައް ބައިވަރު ހުންނާނެކަމަށެވެ. އޭނާ ވިދާޅުވީ، ވެރިކަމަށް އަންނަ ކޮންމެ މިހާކުވެސް ފަލަސްތީނުގެ ރައްުޔިތުންގެ ދިފާއުގައި ހުރިކަމަށް ބުނާކަމަށެވެ. އެހެންނަނަމަވެސް އެވަރުން ނިންމާލުމުގެ ބަދަލުގައި ދަތިކުރުމަށް ކުރެވެން ހުރި ކަމެއްކޮށް އެޅެން ހުރި ފިޔަވަޅުތަކެއް އެޅުމަކީ ކުރަންޖެހިފައިވާކަމެއް ކަމަށް ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ، ޒަމާންވީ ހަނގުރާމައެއް ދެމެމުން ދެމެމުންގޮސް އެތައް ބަޔަކު ނެތިވެ ގައުމެއް ފަނާވެދާތަން ބަލަންތިބުމަކީ ރާއްޖޭގެ ފެންވަރުންވެސް ބަލަން މަޑުކޮށްގެން ތިބެންޖެހޭ ކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: