ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޝިއަން ޕެސެފިކް ބްލޫ އިކޮނޮމިކް ފޯރަމް ރާއްޖޭގައި ބޭއްވުމަކީ ލިބޭ ފަހުރެއް: ސައީދު

އިނޮކޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޝިއަން ޕެސެފިކް ބްލޫ އިކޮނޮމިކް ފޯރަމް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިގެން ދިޔުމަކީ ލިބޭ ފަހުރެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު ”އެކްސް“ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އޭޝިއަން ޕެސެފިކް ބްލޫ އިކޮނޮމިކް ފޯރަމްގައި ކްލައިމެޓް ފައިނޭންސް ނެޓްވޯކް (ސީއެފްއެން) ގައި ހިމެނޭ ގައުމުތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ސައީދު ވިދާޅުވީ މި ފޯރަމް ރާއްޖޭގައި ބޭއްވުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށާއި މި ފޯރަމްގައި މުހިންމު ކަންތައްތަކެއް ނިންމާނެ ކަމަށެވެ.

އޭޝިއަން ޕެސެފިކް ބްލޫ އިކޮނޮމިކް ފޯރަމަކީ އިކޮނޮމިކް މިނިސްޓްރީ އާއި ޔުނިސެފާއި ކްލައިމެޓް ފައިނޭންސް ނެޓްވޯކާއި ޔޫކޭ އިންޓަނޭޝަނަ؛ލް ޑިވެލޮޕްމެންޓް ގުޅިގެން ބާއްވަމުން އަންނަ ފޯރަމެކެވެ.

މި ފޯރަމް ރާއްޖޭގައި ކުރިއަށްދާނީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: