މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕްރޭޝަން ( އެމްއެމްޕީއާރުސީ) މެނޭޖިންގ ޑައިރެކްޓަރުގެ މަގާމުން ފާތިމަތު ތައުފީގް ( ކުޑީ) ވަކިކޮށްފިއެވެ.
ފަތިމަތު ތައުފީގް އެމްއެމްޕީއާރުސީ އެމްޑީގެ މަގާމަށް އައްޔަން ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ފާތިމަތު ތައުފީގް އެއެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުން ވަކިކޮށްފައިވާއިރު އެ ކޯޕްރޭޝަންގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރައިން ޖަނާހް ވެސް މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އޭނާ ވެސް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުން ފާތިމަތު ތައުފީގް ވަކިކުރިއިރު އެމްއެމްޕީއާރުސީއާއި ގުޅޭ ގޮތުން ތަފާތުއެކިއެކި ތުހުމަތުތައް ވަނީ ކުރެވިފައެވެ. އަދި ހިންގުމުގައި ބޮޑެތި މައްސަލަތައް ވަނީ ކުރިމަތިވެފައެވެ.

