ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެންމެ ފުރަތަމަ ނެތިދާނެ ކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: ރައީސް

ރައީސް މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެންމެ ފުރަތަމަ ނެތިދާނެ ގައުމަކީ ދިވެހިރާއްޖެ ކަމަށް ބެލެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

”ދަ ގާޑިއަން“ ނޫހަށް ދެއްވި އިންޓަވިއުގައި ރައީސް ވިދާޅުވީ ދުނިޔެ ހޫނުވުމުގެ ސަބަބުން ލިބޭ ގެއްލުމާ އެންމެ ބޮޑަށް ކުރިމަތި ލާން ޖެހިފައިވަނީ ރާއްޖެފަދަ ގައުމުތައް ކަމަށެވެ. ދުނިޔެ ހޫނުވުމަށް މުގުފަހި ކުރާ ގޭސް ރާއްޖެއިން ދޫކުރާ ނިސްބަތް 0.003 އިންސައްތައަށް އެރިނަމަވެސް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ނެތިދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ރައީސް ވިދާޅުވީ ގައުމުތަކަށް މާލީ އެހީ ދިނުމުގައި ބަލަން އާމިންގަނޑުތަކެއް ހުށައަޅަންޖެހޭ ކަމަށެވެ. ތަފާތު ގައުމުތައް ހިމެނޭ ވޯލްޑް ބޭންކް ފަދަ އިދާރާތަކާއި މުސްތަގިއްލު ގައުމުތަކުން ވެސް އާ މިންގަނޑު ބޭނުންކުރުމަށް އެއްބާރުލުން ރައީސް ގޮވާލެއްވިއެވެ.

ރާއްޖެ ފަދަ ގައުމުތަކަށް އެހީ ވުމަކީ ތަރައްގީވެ ކުރިއަރައިފައިވާ ގައުމުތަކުގެ ޒިންމާއެއް ނަމަވެސް ސިޑްސް އަށް ލިބެނީ އެންމެ މަދު ތަރައްގީވެފައިވާ ގައުމުތަކަށް ލިބޭ ފައިނޭންސްގެ ގާތްގަނޑަކަށް 14 އިންސައްތަ ކަމަށް ރައީސް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް އެހީ ފޯރުކޮށްދޭއިރު މިހާރު ބަލަނީ ގައުމުތަކުގެ ގްރޮސް ނެޝަނަލް އިންކަމް (ޖީއެންއައި) އާއި ގްރޮސް ޑޮމެސިޓް ޕްރޮޑަކްޓް (ޖީޑީޕީ)އަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ގައުމުތައް ނުރައްކަލަށް ހުށަހެޅިފައިވާ މިންވަރު ރަނގަޅަށް ދައްކުވައި ނުދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

”މިސާލަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާ މިންވަރަށް ބަލައި، ރާއްޖެއަކީ ވެސް ކުރިއަރަމުންދާ އިގުތިސާދެއް ކަމަށް ކަނޑައެޅުމުން މި ގައުމަށް ލިބެން ޖެހޭ ބައެއް އެހީތަކުން މަހުރޫމުވޭ“

މަލްޓިޑިމެންޝަނަލް ވަލްނެރަބިލިޓީ އިންޑެކްސް (އެމްވީއައި)އަކީ ގައުމުތައް އުފެދިފައިވާ ގޮތުން ދިމާވާ، މޫސުމީ ބަދަލުތަކާ ގުޅުން ހުރި ގޮންޖެހުންތައް ދައްކުވައިދޭނެ މިންގަނޑެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ފައިސާ ފޯރުކޮށްދޭ ގޮތާއި އިންޓްރެސްޓް ރޭޓް ކަނޑައަޅާ ގޮތާއި، ވިލުންވެރިކުރުމަށް ހިންގާ މަޝްރޫއުތަކުގެ ތެރެއިން ހަރަދުކުރާނީ ކޮން މަޝްރޫއުތަކަށް ކަން ނިންމާ ގޮތަށް ބަދަލު ނުގެނެސްފިނަމަ އެތައް މިލިއަން މީހުންގެ ގެދޮރު ގެއްލުމުގެ ނުރައްކާ އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

މެއި މަހުގެ ފަހުކޮޅު އެންޓިގޫއާގައި ސިޑްސް ގައުމުތައް އެއްވާއިރު، ރާއްޖެއަށް ކުރިމަތިވަނީ ކުރިމަތިވާނީ ވަރުގަދަ ހަގީގަތަކަށް ކަމަށާއި ދުނިޔޭގެ ގޭސް ބޭރުވުމުގެ ކުޑަކުޑަ ބައެއްގެ ޒިންމާ އުފުލަން ޖެހުނު ނަމަވެސް، އެކަމުގެ ނަތީޖާގެ ބުރަ ރާއްޖެ އުފުލާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކްލައިމެޓް ފައިނޭންސިންގ ރަނގަޅު ގޮތަކަށް އިސްލާހުކުރެވޭނެ ގޮތްތައް ވިސްނައިދީ ހަގީގީ ރެސިލިއެންސްއަށް ތާއީދު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސިޑްސްގެ މި ކޮންފަރެންސަކީ ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ ކޮންފަރެންސެކެވެ. ހަތަރު ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސްގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޕްރޮގްރާމް ފޮރ އެކްޝަން އެޑޮޕްޓުކުރުން ނުވަތަ ސިޑްސްގެ ހަރަކާތްތައް މުސްތަގުބަލުގައި ކުރިއަށްގެންދާނެ ގޮތެއް އެކަށައެޅުމެވެ.

ސިޑްސް4 ގެ މި އަހަރުގެ ޝިއާރަކީ ”ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ“ އެވެ. މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ގައުމުތަކަށް ފާގަތިކަމާއި، ވިލުންތެރިކަން ހާސިލްކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: