ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެގައި ރަޖިސްޓްރީ ކުރެވޭ އުޅަނދުގެ އަދަދާއި ބޭނުންކުރެވޭ މުއްދަތު ކަނޑަނާޅައިފިނަމަ އުޅަނދު ނުދުއްވޭ ހިސާބަށް ދާނެ: އާޒިމް

މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެގައި ރަޖިސްޓްރީ ކުރެވޭ އުޅަނދުގެ އަދަދާއި ބޭނުންކުރެވޭ މުއްދަތު ކަނޑަނާޅައިފިނަމަ މާލޭގައި އުޅަނދު އެއްވެސްގޮތަކަށް ނުދުއްވޭ ހިސާބަށް ދާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 147 ވަނަ ރަސްމީ އާއްމު ޖަލްސާގައި އާޒިމް ވިދާޅުވީ މި ސަރުކާރުގެ ޓްރާންސްޕޯސްޓް މިނިސްޓްރަ އާމިން އާއި އެކު ކެރިއިން އެޕޭސިޓީ ކަނޑައެޅުމަށްޓަކައި ގަވައިދަށް ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.

މާލެގައި ރަޖިސްޓްރީ ކުރެވޭ އުޅަނދުގެ އަދަދާއި ބޭނުންކުރެވޭ މުއްދަތު ކަނޑައެޅުމުގެ ކަންކަން ފަސޭހަގޮތެއްގައި ކުރެވޭނެ ގޮތަށް ބަދަލުގެނެސްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެ ގަވައިދާ އެއްގޮތަށް ސްޓަޑީއެއް ހެދުމަށްޓަކައި އިުލާނުކޮށް އެ އިއުލާނުގައި ލަފާލިބޭ ގޮތަކަށް މަޝްވަރާ ކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މި ފަދަ ކަންކަން ނުކުރެވި އޮތްތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ހިނގައްޖެކަމަށެވެ. އޭރު ގަވައިދުތައް ހުރިގޮތުން އެކަން ކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް މައުލޫމާތު ލިބިފައިވާކަމަށާއި އެހެންނަމަވެސް މިހާރު ބަދަލުތަކެއް އައުމާއި ގުޅިގެން މިކަން ފަސޭހަ ވެގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މިކަމަށް އެއްވެސް މަަސައްކަތެއް ނުކޮށްފި ނަމަ މާލޭގައި އެއްވެސް އުޅަނދެއް ނުދުއްވޭ ހިސާބަށް މާލޭގެ ހާލަތު ދާނެ ކަމަށާއި މާލޭގައި ދިރިއުޅޭ ކޮންމެ މީހަކު މަގުމައްޗަށް ކާރެއް ނެރެފިކަމަށް ވާނަމަ މާލޭގައި އެއްވެސް އެޗެއް ނުދުއްވޭ ތަނަކަށް ބަދަލުވެގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

”މާލެ ސިޓީގެ ތޮއް ޖެހުން ކުޑަ ކުރުމަކީ ރައްޔިތުން އެންމެ އެދޭ އެއް ކަންތައް. އެހެންކަމުން މި މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑު ރައީސް އަށް އެޕޮއިންޓްމެންޓަކަށް އެދިފައިވާނީ. ކުރީގެ ރައީސް ވެސް ވަރަސް ގިނަ ކަންކަން ކުރުމަށް އެދިފައި އެބަހުރި. އެހެންކަމުން އަޅުގަނޑު ވަރަށް އެދެން ރައީސް ކައުންސިލްގެ ކަންކަން ކުރުމަށް އެއްބާރުލުން ދެއްވާނެ ކަމަށް“

ގާނޫނުގައި ކަނޑައަޅައިފައިވާ ގޮތަށް އެކަން ކުރުމަކީ ކައުންސިލަށް މަޖުބޫރުކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ. މިކަމަކީ މާލެ ސިޓީ އަށް އަމާޒުކޮށްގެން މާލެ ސަރަހައްދުގެ ތޮއް ޖެހުން ކުުޑަކުރުމަށްޓަކައި ކުރާކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: