ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިޔަރު މަސްވެރިކަންކުރުމަށް ކުޅުއްދުއްފުށީ މޭޔަރު ހުއްދައަށް އެދިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމީ މަސްވެރިކަމުގެ ހަރަކާތެއްގެ ގޮތުގައި ނަމަވެސް މިޔަރު ބޭނުމަށް ހުއްދަ ދިނުމަށް ސަރުކާރުގައި އެދިފައިވާކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

މޭޔަރު އާތިފްވަނީ އަމިއްލަ ފޭސްބުކް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި ކުޅުދުއްފުށީގެ އިގްތިސާދާއި ގުޅުންހުރި ބައެއް މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، 2000ގެ އަހަރުތަކާއި ޖެހެންދެން އެ ރަށުގެ އިގްތިސާދަކީ ރާއްޖޭގެ ނިސްބަތުން އާރޯކަން ހުރި ތިޔާގި އިގްތިސާދެއްކަމަށެވެ. އަދި އެކަމުގެ މައިގަނޑު ސަބަބކީ ދެ ދާއިރާއަކުން ގިނަ އަދަދެއްގެ ބޭރު ފައިސާ ރަށަށް ވަންނަމުންދިއުންކަށެވެ.

އެގޮތުން ރަށަށް ނިސްބަތްވާ ގިނަ އަދަދެއްގެ ސީމަނުން ބޭރު ޝިޕިންގް ލައިންތަކުގައި މަސައްކަތްކުރަމުންދިއުމުގެ ސަބަބުންނާއި ލޭނުމަސްވެރިކަންކޮށްގެން ލޮނުމަސް އެކްސްޕޯޓުކުރުމުގެ ބޮޑު ވިޔަފާރިއެއް ރަށުގައި އޮތްކަމަށް ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތްތައް ފުޅާވެފައި އޮތް މިންވަރަކީ މަސްވެރިން މިޔަރު ބާނައިގެން ގެނައުމުން ރޮލާ އެކްސްޕޯޓުކުރުމުގެ ބަދަލުގައި ވެލިއު އެޑްކޮށްގެން އަގު މައްޗަށް ޖެއްސުމުގެ ގޮތުން މަހާއި އުރަހަށް ލޮނު އަޅައި ޓްރީޓްކުރުމުގެ މަސައްކަތްތައް ކުރެވި ގިނަ އަދަދެއްގެ ރައްޔިތުންނަށް އެކަމުގެ ނަފާ ލިބެމުންދިއުންކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ދުވަސްވަރު ރަށުގެ އިގްތިސާދުގެ 60 އިންސައްތައަށްވުރެ މަތިން ހިއްސާވަނީ ލޭނުމަސްވެރިކަން ކަމަށް ބުނުމުން ދޮގަކަށް ނުވާނެކަމަށެވެ. އަދި އެކަމުގެ ނަފާ ސީދާގޮތުންނާއި ނުސީދާ ގޮތުން ނުފޯރާ އާއިލާއެއް ކުޅުދުއްފުށީގައި ނެތްކަމަށްވެސް ދެންނެވިދާނެކަމަށް އާތިފް ވިދާޅުވިއެވެ.

އެހެންކަމުން އެ މަސައްކަތްތައް ހުއްޓާލަންޖެހުމާއިއެކު ރަށުގެ އިގްތިސާދުގައި ރައްޔިތުންނަށް އަމިއްލައަށް ފޫބެއްދޭ ވަރަށްވުރެ ބޮޑު ބާގަނޑެއް އުފެދިގެންދިޔަކަމަށާއި އެކަން ފޫބެއްދޭ ވަރުގެ އިތުރު އެހެން މަސައްކަތެއް ދެއްކިފައިނުވާއިރު އެކަމުން އަރައިގަތުމުގެ އެއްވެސް ފުރުސަތެއް މިހާތަނަށް ސަރުކާރަކަށް ފަހިކުރެވިފައިނުވާކަމަށް ހިތަމައާއިއެކު ދަންނަވާކަމަށްވެސް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ، އޭނާ ވާނީ ރައީސް ޑރ މުހައްމަދު މުއިއްޒު އަދި މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއިވެސް މިކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިކަމަށެވެ.  އަދި މޫސުމީ މަސައްކަތެއްގެ ގޮތުގައި ނަމަވެސް ވަކި ސަރަހައްދެއް ހާއްސަ ކޮށްގެން އެކަން ކުރުމަށް ހުއްދަ ދެއްވުމަށް އެދިފައިވާނެކަމަށާއި ދިވެހި ކަނޑުފަޅުގެ ފުރިހަމަ ނަފާ ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ކުރެއްވުމަށް ސަރުކާރަށް ގޮވާލައްވާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 3%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 6%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މެޑީޕީ މޭޔަރު އެމްޑީޕީގެ ފުލް ޕަވަރު އޮތްއިރު ކަމަކަށް ނޭދި މިހާރު އެދެނީ އިޙްލާސްތެރިކަމުންތަ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: