ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ އިންތިހާބު: ބޮޑުވަޒީރު މޯދީ ވެރިކަމުގެ ތިންވަނަ ދައުރަކަށް

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ބީޖޭޕީގެ ސަރުކާރަށް ތިންވަނަ ދައުރަކަށް ވެރިކަން ދެމެހެއްޓިފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މީޑިއާތަކުން ބުނާގޮތުން ދުނިޔޭގެ އެންމެ ބޮޑު އެއް އިންތިހާބުކަމަށްވާ އިންޑިއާގެ ނެޝިނަލް އިލެކްޝަންސް ކާމިޔާބުކޮށްފައިވަނީ މިހާރު ވެރިކަމުގައި އޮތް ބީޖޭޕީއިން ކަމަށެވެ. އެހެންނަމަވެސް މީގެ ކުރިން އަންދާޒާކުރަމުން އައި ގޮތާއި ހިލާފަށް ބޮޑުވަޒީރު މޯދީ މޮޅުވާނީ ކުޑަތަފާތަކުންކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ހަ ހަފްތާއަށް ކުރިއަށް ގެންދިޔަ ވޯޓުލުމުގެ މަރުހަލާ ނިމި ވޯޓު ގުނުމުގެ މަސައްކަތްތައް ކުރެވެމުންދާއިރު ނުގުނި ގިނަ އަދަދެއްގެ ފޮށިތައް ހުރިނަމަވެސް މޯދީއަށް ވަނީ އިންތިހާބު ކަށްވަރުވެފައެވެ.. އެގޮތުން 543 ގޮނޑިއަށް ޖުމުލަ ވާދަކުރާއިރު މެޖޯރިޓީ ނެގުމަށް ބޭނުންވަނީ 272 ގޮނޑިއެވެ. މިހާރު ޝާއިއުކޮށްފައިވާ ނަތީޖާތަކުން ދައްކާގޮތުން ވެރިކަން ކުރާ ބީޖޭޕީއަށްވަނީ 240 ގޮނޑި ކާމިޔާބުކުރެވިފައެވެ. އަދި މޯދީގެ ވާދަވެރިޔާގެ ގޮތުގައި ފެނިގެންދިޔަ ރާހުލް ގާންދީގެ ޕާޓީ އިންޑިއަން ނެޝަނަލް ކޮންގްރެސްއަށް ލިބިފައިވަނީ 99 ގޮނޑިކަމަށްވެސް ބުނެފައިވެއެވެ.

ބީޖޭޕީއަށް ލިބިފައިވާ ބޮޑު ކާމިޔާބީ ސަޕޯޓަރުން ފާހަގަކުރަމުންދާއިރު، ބޮޑުވަޒީރު ނަރޭންދްރަ މޯދީވެސްވަނީ އިންތިހާބުން ބީޖޭޕީ މޮޅުވެފައިވާކަން އިއުލާނުކުރައްވާފައެވެ. އެހެންނަމަވެސް މީގެ ކުރިން އޭނާ އަންދާޒާކުރި ގޮތުގެ މަތިން ދެކޮޅު ހެދުމެއް ނޯންނާނެ ވަރުގެ މެޖޯރިޓީއެއް މި އިންތިހާބުން ނުލިބޭނެކަންވެސް ކަށަވަރުވެފައިވާކަމަށް މީޑިއާތަކުން ފާހަގަކުރެއެވެ. އެހެންކަމުން ނިމިގެންދާ ދައުރާއި ހިލާފަށް ކުރިއަށް އޮތް ދައުރުގައި އެ ޕާޓީގެ ބާރުތައް ދަށްވެގެންދިއުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ.

އިންތިހާބުން މޮޅުވިކަން އިއުލާނު ކުރަމުން މޯދީ ވިދާޅުވި ގޮތުގައި މިއީ ވަރަށް ކާމިޔާބު އުފާވެރި ދުވަހެއްކަމަށާއި ބީޖޭޕީގެ ކޯލިޝަން ނެޝިނަލް ޑިމޮކްރެޓިކް އެލައިއެންސްއިން ތިން ވަނަ ދައުރަކަށް ސަރުކާރެއް އެކުލަވާލާނެކަމަށާއި އެކަމަށްޓަކައި ރައްޔިތުނަށް ޝުކުރުވެރިވާކަމަށް ބުނެފައިވެއެވެ. އޭނާ މި ވާހަކަތައް ދެއްކެވީ ނިއުދިއްލީގައި ހުންނަ ބީޖޭޕީގެ ހެޑްކުއާޓާރޒްގައި ސަޕޯޓަރުންނާއި މުހާތަބުކުރައްވާކަމަށްވެސް ޝާއިއުކޮށްފައިވެއެވެ. މޯދީ ވިދާޅުވީ އެ ޕާޓީގެ ކާމިޔާބީއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީއަށް ލިބިފައިވާ ކާމިޔާބީއެއްކަމަށެވެ.

ބޮޑުވަޒީރު މޯދީ ވިދާޅުވީ، އިންޑިއާއިން  ބޮޑެތި ނިންމުންތަކެއް ނިންމުމުގެ އައު ސަފުހާއެއް ފެށިފައިވާކަމަށެވެ. އަދި އޭނާވަނީ އިންތިހާބީ މަސައްކަތްތަކުގެ ފުރިހަމަކަމަށް ތައުރީފުކުރައްވާފައިކަމަށްވެސް މީޑިއާތަކުން ބުނެފައިވާއިރު، ތިންވަނަ ދައުރަކަށް އެންޑޯސްކޮށްފައިވާކަމަށްޓަކައި އޭނާވަނީ ވޯޓު ދެއްވި ފަރާތްތަކަށް ފަށްފަށުން ޝުކުރު އަދާކުރައްވާފައެވެ.

މޯދީ ވިދާޅުވީ، 1962 ވަނަ އަހަރުން ފެށިގެން މިއަދާ ޖެހެންދެން އެއްވެސް ސަރުކާރަކަށް ތިން ވަނަ ދައުރެއް ކާމިޔާބުކުރެވިފައިނުވާކަމަށެވެ. އެހެންނަމަވެސް ބައެއް ދާއިރާތަކުން ބީޖޭޕީއަށް ލިބުނު ވޯޓުވަނީ ކުރިން ލިބުނު އަދަދާއި ބަލައި ދެގުނަ ވެފައިކަމަށްވެސް އިޝާރާތްކުރެއްވިއެވެ. އޭނާވަނީ މަސައްކަތްތައް ކުރެެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެކަމުގެ ޔަގީންކަން އަރުއްވާފައެވެ. އަދި ކުރިއަށް ވުރެ ބާރު ދުވެއްޔެއްގައި އިލެކްޓްރޯނިކްސް އަދި ސެމީކޮންޑަކްޓާރ ފަދަ ޒަމާނީ ވަސީލަތްތައް އުފެއްދުމަށް ބޭނުންކުރާ ޗިޕު ފަދަތަކެއްޗާއި ދިފާއީ ވަސީލަތްތައްވެސް އުފެއްދުމުގެ މަސައްކަތްތައް ކުރައްވާނެކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 40%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: