ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓްރީ އޮފް ސިޓީސް އަކީ ވަރަށް ގާތުން މަސައްކަތް ކުރާ ވުޒާރާއެއް: މޭޔަރ އާތިފް

ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ކައުންސިލްތަކާއި ހަވާލުވެގެން ހުރި މިނިސްޓްރީ އޮފް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އަކީ ކައުންސިލް ތަކާއި ވަރަށް ގާތުން މަސައްކަތްކުރާ އަދި މަޝްވަރާ ކުރުމަށްވެސް ފަސޭހަ ވުޒާރާއެއް ކަމަށް ކުޅުދުއްފުށީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މޭޔަރ އާތިފް ވިދާޅުވީ ކުރިން ކައުންސިލްތަކުގެ ބަލަދުވެރި ފަރާތެއްގެ ގޮތުގައި އޮންނަނީ އެލްޖީއޭ ކަމަށާއި އެހެންނަމަވެސް މިހާރު އަލަށް މިސަރުކާރާއި އެކު އާވުޒާރާއެއް ވުޖޫދުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އާތިފް ވިދާޅުވީ މި ކަމަކީ ރަނގަޅު ނުވަތަ އަދި ރަނގަޅުނޫން ކަމެއް ކަމަށް ވިދާޅުވާން އަވަސް ކަމަށާއި އެހެންނަމަވެސް އެ ވުޒާރާ އާއި ހަވާލުވެ ހުންނެވި ވަޒީރަކީ ކައުންސިލްތަކަށް ވަރަށް ގާތުން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.

މޭޔަރ ވިދާޅުވީ ކަންކަމުގައި މަޝްވަރާކުރުމަށް މިނިސްޓަރ އާއި އެކު ވަރަށް ފަސޭހަ ކަމަށާއި ހާއްސަކޮށް ސިޓީތަކުގައި ޕަބްލިކް ވޯކްސްގެ ހިދުމަތް ހޯދުމަށް ވެސް ފަސޭހަވެގެންދާ ކަމަށެވެ. ގާނޫނުގައި މިނިސްޓްރީ އޮފް ސިޓީސް އަށް ވަކި ރޯލެއް ނެތް ކަމަށާއި އަދި ލާމަރުކަޒީ ގާނޫނުގައިވެސް ބަޔާން ކުރާކުރާ ވުޒާރާއެއް ނޫން ކަމަށް މޭޔަރ ވިދާޅުވިއެވެ.

”އެހެންނަމަވެސް ގާނޫނަށް އަންނަ ބަދަލާއި އެކީގައި ގަބޫލު ކުރަނީ ގާނޫނަށް ޕޮޒިޓިވް ބަދަލުތަކެއް މި ސަރުކާރުންވެސް ގެންނާނެ ކަމަށް. ދެން އެ އަންނަ ބަދަލާއި އެކީގައި ހަގީގަތުގައި އެއަންނަ ރޯލުތަކަކުން ނުވަތަ ކައުންސިލް ތަކުގެ މައްޗަށް ނުފޫޒެއް ފޯރުވާތޯ ނުވަތަ ކިހިނެއްތޯ ބައްޓަން ވާނީ އެންގުނީމަ ކަންނޭގެ ހަގީގަތުގައި އެއީ ރަނގަޅު ކަމެއްތޯ ނުވަތަ ގޯސްކަމެއްތޯ ނިންމަން އަޅުގަނޑުމެންނަށް އެންގޭނީ“

މޭޔަރ ވިދާޅުވީ ރައީސް މުއިއްޒު އާއި ބައްދަލު ކުރައްވާ ރައްޔިތުންގެ އެންމެ ބޮޑެތި ކަންބޮޑުވުންތައް ރައީސް އާއި ހިއްސާކުރައްވާފައިވާނެ ކަަމަށެވެ. ރައްޔިތުންގެ ހިޔާލު ހޯދުމަށް ފޯރަމްތަކެއް ބާއްވާ ސަރުކާރަށް ރައްޔިތުން ހުށައަޅަން ބޭނުންވާ ކަންކަން އެ ފޯރަމްގެ ތެރެއިން ބަލާފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ. އެ ފޯރަމް ތެރެއިން އެނގިގެން ދިޔައީ ރައްޔިތުން އެންމެ ބޭނުންވާ ނުވަތަ ލިސްޓުގެ މަތީގައި އޮތް ކަމަކީ ރައްޔިތުނަށް ދިމާވެފައިވާ ބޯހިޔާ ވަހިކަމުގެ މައްސަލަ ކަމަށަ މޭޔަރ ވިދާޅުވިއެވެ.

ކުށުދުއްފުށީގައި ހައުސިންގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް އެދިފައިވާ ކަމަށާއި އަދި އިގްތިސޯދީ ގޮތުން ބާރުވެރި ވެވޭނެ ގޮތްތައް ނުވަތަ އެކަމުގެ މަންފާ ލިބޭނެ ގޮތްތައް ހެދުމަށްޓަކައި ކުޅުދުއްފުށި ރީޖަނަލް ޕޯޓް އަދި ކޮމާޝަލް ހާބަރ ޑިވޮލޮޕް ކުރުމަށްވެސް އެދިފައިވާނެ ކަމަށް މޭޔަރ އަތިފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: