ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ތިބި ހަރު އުމުރުގެ ފިރިހެނުންގެ އާބާދީގެ 49 އިންސައްތައަކީ ބިދޭސީން!

ކޮވިޑް ވެކްސިން ޖަހަން ސޯޝަލް ސެންޓަރު ބޭރުގައި ވަރަށް ގިނަ ބިދޭސީން ކިއުގައި ޖެހިގެން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ސަބަބުން ގައުމީ ސަލާމަތަކަށް ނުރައްކާވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިއީ ރާއްޖޭގެ އިގްތިސާދީ މަސައްކަތްތަކަށް ބޭނުންވާ ލޭބާ ޑިމާންޑަށް މާކެޓު ހުޅުވާލުމަށްވެސް ހުރި ހުރަކެއްކަމަށް އިހުސާން ވިދާޅުވި އެވެ.

ރާއްޖޭގެ ސަރުކާރުން އެކުލަވާލާފައިވާ ސްޓެޓިސްޓިކަލް ޕޮކެޓް ބުކް 2023 ގައި ހިއްސާކޮށްފައިވާ 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ މައުލޫމާތުތަކުން ދައްކާގޮތުން ރާއްޖޭގައި ތިބީ 194،562 ދިވެހި ފިރިހެނުންނެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މި އަދަދުން 53،359 އަށްވުރެ އިތުރު އަދަދަކީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ. އަދި 65 އަހަރުން މަތީގެ 20850 މީހުންވެސް ތިބިކަމަށް ބެލެވޭކަމަށް ބައެއް އެހެނިހެން ފަރާތްތަކުންވެސް ބުނެފައިވެއެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ 117،432 ބިދޭސީ ފިރިހެނުން ތިބިކަން ފާހަގަކުރެވެއެވެ.

އެހެންކަމުން ރާއްޖޭގައި މަސައްކަތްކުރާ އުމުރު ފުރަ ނުވަތަ 18 އަހަރާއި 65 އަހަރާއި ދެމެދުގައި ތިބީ 120،353 ދިވެހި ފިރިހެނުންނާއި ބިދޭސީންގެ 117،432 މީހުންކަމަށްވުމުން ރާއްޖޭގައި ތިބި ޖުމުލަ ހަރު އުމުރު ފުރައިގެ ފިރިހެނުންގެ އާބާދީގެ 49.39 އިންސައްތައަށްވުރެ ބޮޑު އަދަދަކީ ބިދޭސީންކަން ފެނިގެންދެއެވެ.

ބިދޭސީންގެ 15،061 މީހުންނާއިއެކު ރާއްޖޭގައި ތިބީ ޖުމުލަ 203،138 އަންހެނުންކަމަށްވާއިރު ބިދޭސީން ހިމެނޭހެން 311،994 ފިރިހެނުން އެބަ ތިބިކަމަށް 2022 ވަނަ އަހަރުގެ ބޯ ހިމެނުމުގެ މައުލޫމާތުތަކުން ފެނިގެންދެއެވެ. ޖުމުލަ އާބާދީގައި ބިދޭސީންގެ އަދަދަކީ 25.72 އިންސައްތައެވެ.

އެ މައުލޫމާތުތަކުގައިވާގޮތުން ރާއްޖޭގައި ކޮންމެ 103 ފިރިހެނުންނަށް 100 އަންހެނުން ތިބެއެވެ. އެހެންކަމުން ފިރިހެނުން އިތުރުކަމަށާއި މިއީ 2000 ވަނަ އަހަރުން ފެށިގެންވެސް ބަދަލުވެފައި ނުވާ ހިސާބެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މިގޮތަށް އަދަދުތައް ހުރި އިރު، ރާއްޖޭގައި މިފަހުން އައިސް ބިދޭސީންނާއި ދިވެހިންނާއި ދެމެދު މައްސަލަތައް ޖެހި ސޯޝަލްމީޑިއާގައިވެސް އާންމުވަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން ދެ މީހަކު ތަޅާ ފޮޅާ ވީޑިއޯތަކުގެ އިތުރުން، ބިދޭސީން ގުރޫޕު މާރާމާރީތަކުގައިވެސް ބައިވެރިވަމުންދާކަން ފެނިގެންދެއެވެ.

އެހެންކަމުން ރާއްޖޭގައި ކުރިއަށް އޮތްތާނގައި ހިންގާ ޕްރޮޖެކްޓުތަކަށް މީހުން ގެންނާނެކަމަށް މިނިސްޓަރު އިހުސާން އަލިއަޅުއްވާފައިވާކަމަށްވުމުން މިވަގުތު އޮތް ހާލަތު ހައްލުކުރުން މުހިންމުކަމަށް ފެނިގެންދެއެވެ. މިހާރު 2024 ކަމަށްވުމުން 2022 ވަނަ އަހަރުގެ ހިސާބުތަކަށް ބަދަލުތައް އައިސްފައިވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: