ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވަރުނަރު ހާޝިމް މަގާމުން ވަކިކުރުމަށް ލަފާދޭން ކޮމިޓީން ފާސްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް އެ މަގާމުން ވަކިކުރުމަށް ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދިނުމުގެ މަރުހަލާ ފަށަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ހާޝިމް މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅުއްވާފައި ވަނީ، މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އެވެ.

ގައުމުގެ ފިސްކަލް ހާލަތު ރަނގަޅު ކުރުމަށްޓަކައި އިކޮނޮމިކް ރިފޯމް އެޖެންޑާއެއް އެކުލަވާލައި އެކަމަށް ބޭނުންވާ ގާނޫނުތައް ތައާރަފުކޮށް އާ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށް ތައްޔާރުވެފައި ވީ ނަމަވެސް ގާނޫނުގައި ބަޔާންކުރާ މަގްސަދުތައް ހާސިލް ކުރެވިފައި ނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނަމަވެސް ގައުމުގެ އިގުތިސާދު ހީނަރުވެ، އަލުން އަނބުރާ އިޔާދަކުރުން އުނދަގޫ ހިސާބަކަށް އިގުތިސާދު ނިކަމެތިވެގެން ދިޔައިރު އެ ބޭންކަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ އެމްއެމްއޭގެ މައިގަނޑު އެއް އަސާސް ކަމުގައިވާ މަނިޓަރީ ޕޮލިސީ އެކަށީގެންވާ ގޮތެއްގައި ހިނގަމުން ދާތަން ވެސް ނުފެންނަ ކަމަށެވެ.

އޭގެ ސަބަބުން އިގުތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގުތިސާދީ މަސައްކަތްތައް ހުއްޓި އިގުތިސާދުގެ ދުވެލި މަޑުޖެހިފައިވާ ކަން ނާޒިމް ފާހަގަކުރެއްވިއެވެ. 

މެންބަރު ފާހަގަކުރެއްވި އިތުރު ކަންކަމަށް ބަލާއިރު އެމްއެމްއޭގެ ގަވައިދުތައް އަޕްޑޭޓް ނުކުރާ މައްސަލައާ، ޑޮމެސްޓިކް މާކެޓް ރަނގަޅަށް ރެގިއުލޭޓް ކުރުމުގެ މުހިންމު ކަން ބޮޑު ވަގުތެއްގައި އެކަން ވެސް ނުކުރާކަން ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ އެމްއެމްއޭއާ ގައުމުގެ އިގްތިސާދު ގުޅިފައިވާއިރު ގަވަރުނަރު ހާޝިމް ހަރުދަނާ މަސައްކަތް ކުރައްވަމުން ނުދާ ކަމަށެވެ. އަދި ގަވަރުނަރުގެ މަސްއޫލިއްޔަތު އަދާކުރަމުން ނުދާ ކަމަށެވެ.

އެހެންކަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ ހަ ވަނަ މާއްދާގެ ތިނެއްގައިވާ ގޮތުގެ މަތިން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އެ މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ ދިނުމަށް މެންބަރު ހުށަހެޅުއްވިއެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު ނެގި ވޯޓުގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ފިޔަވައި އެހެން ހުރިހާ މެންބަރުން ނާޒިމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: