ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް ހާފް މެރެތަންގައި މިފްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން!

މިފްކޯގެ ޓީމު: ފޮޓޯ/ މިފްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ހާފް މެރެތަން 2024 ގައި މިފްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެއްޖެއެވެ.

މިފްކޯއިން މައުލޫމާތު ދީފަިއވާގޮތުން ދުވުމާއި ކަސްރަތުގެ އެކި ހަރަކާތްތައް އިންތިޒާމު ކުރަމުން އަންނަ ”އައި ރަނާސް“ އިން މިއަދު ފަތިހު ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ބޭއްވި ހާފް މެރެތަންގައި އެ ކުންފުނީގެ 31 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން މިފްކޯގެ ކްލަބްގެ މެންބަރު އަދި މި ހަރަކާތް ޕްލޭންކުރައްވައި، ހިންގެވުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޢަބްދުﷲ މުޝްޢިލް ވިދާޅުވީ ސިއްހަތާއި ގުޅުން ހުންނަ އެފަދަ ހަރަކާތްތަކަށް އެ ކްލަބުން ހާއްސަ އަހައްމިއްޔަތުކަމެއް އަބަދުވެސް ދޭނެކަމަށެވެ.

”ދުޅަހެޔޮ ސިއްހަތެއްގައި ދެމި ތިބުމަށް މިފަދަ ހަރަކާތްތައް ވަރަށް މުހިންމު. އެގޮތުން މި މަސައްކަތް ކުރިއަށް ގެންދިއުމުގައި މިފްކޯގެ މެނޭޖުމެންޓާއި ހީވާގި މުވައްޒަފުންގެ ފަރާތުން ލިބުނު ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.“ މުޝްޢިލް ވިދާޅުވިއެވެ.

5 ކިލޯ މީޓަރުގެ ސެގްމެންޓުގައި މިފްކޯގެ މުވައްޒަފުން ބައިވެރިވިއިރު، އެ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް ޖެނެރަލް މެނޭޖަރު ސަނިއްޔާ ޢަބްދުﷲ ވަނީ 21 ކިލޯ މީޓަރުގެ ހާފް މެރެތަން ނިންމާފައިކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި އެ ކުންފުނީގެ ކްލަބުން ރާވައި، ހިންގަން މަޝްވަރާކުރެވިފައިވާ ކަންކަމުގެ މައުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: